ވިލިމާލޭގެ ހުޅަނގުފަރާތު ނައިންސްޓަރ ބީޗާ ދިމާ ކަނޑަށް އެރިއުޅުނު އަންހެނަކު ވިލިމާލޭގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތުން ސަލާމަތްކޮށްފިއެވެ.
އަމިއްލައަށް މަރުވާން އުޅޭކަމަށްބުނެ އަންހެނަކު ކަނޑަށް އެރިއުޅޭކަމަށް އިއްޔެ ހަވީރު 16:30 ހާއިރު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ވިލިމާލޭގައި މަސައްކަތްކުރާ ފުލުހުން އެސަރަޙައްސަށް ދިޔައިރު މި އަންހެން މީހާ ކަނޑުގައި އޮތް މަންޒަރުވަނީ ފުލުހުންނަށް ފެނިފައެވެ.
މި މަންޒަރު ފުލުހުންނަށް ފެނުމާއެކު އެވަގުތު ޑިއުޓީގައި އުޅުނު ފުލުހުންވަނީ ފަތާފައިގޮސް އެއަންހެން މީހާ ސަލާމަތްކޮށް ފުލުހުންގެ ބެލުމުގެ ދަށުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ.
މި މައްސަލަ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.