ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 37138 މުވައްޒަފުންގެ ތެރެއިން 47 އިންސަތައަކީ ދިވެހީން ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކޮށްގެން އަންގާރަދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި "ބުރަވި" ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ މިހާރުގެ ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ފަތުރުވެރިކަމުގެ ޚިދުމަތް ދެމުން އައި 1060 ތަނެއް އިންސްޕެކްޓް ކޮށްފައިވާކަށެވެ. މިއިންސްޕެކްޝަނުން ދެއްކިގޮތުގައި 86 ތަނެއް ހިންގަމުންދަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށްކަމަށް ފާހާގަ ވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ހުރި ތަންތަނުގެ އަގުވަޒަން ކުރައްވާނެކަމަށްވެސް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ. އަދި ޤާނާނޫނާއި ޤައިދާ އެއްގޮތަށް ނެތްތަންތަންތަނަށް ވެސް ޚިދުމަތް ރަނގަޅު ކުރުމަށް ހިތްވަރު ދެއްވާނެކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި އިންސްޕެކްޝަނުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މީހުންގެ ޢަދަދުވެސް ހޯދިފައިވާ ކަމަށެވެ. ޖުމުލަ 37138 މީހުންގެ ތެރެއިން 17609 މީހުންނަކީ ދިވެހިންނެވެ. އަދި 19529 މީހުންނަކީ ބިދޭސީންނެވެ.
ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަން ހަދައިފައި ވަނީ ސިފައިންނާއި ފުލުހުންނާއި އަދި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ގުޅިގެން ކަމަށް މިނިސްޓަރ ޢަލީ ވަހީދު ފާހަގަ ކުރެއްވިއެވެ.
47% ދިވެހިން . މީގެން ގިނަވާނީ އާދައިގެ ވަޒީފާ. މުޅި ރިސޯޓް ގެ ޖުމްލަ މުސާރައިގެ 95% ލާރި ދަނީ ގައުމުން ބޭރަށް. ދިވެހިރާޖެ އައް ވަންނަނީ އެންމެ 5% .މީވިސްނަން ވެޖެ ކަމެ