ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް އެންގޭޖްވެއްޖެ

ދުނިޔޭގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް އެންގޭޖް ވެއްޖެއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރެޑިޓުގައި ހިއްސާކުރި ޅެމަކުންނެވެ.

ސެރީނާ އެންގޭޖްވީ ރެޑިޓުގެ އެއް މަސްއޫލުވެރިޔާ އެލެކްސިސް އޮހަނިއާން އާއެވެ. ސެރީނާ ގެ ސްޕޯކްސްވުމަން ކެލީ ބުޝް ނޮވެކް ބުނިކަމަށް ނިއުޔޯކް ޓައިމްސްގައި ރިޕ÷ޓުކޮށްފައިވާ ގޮތުގައި ސެރީނާއާ އޮހަނިއާން ކައިވެނި ކުރާނެ ތާރީޚެއް އަދި ކަނޑައެއް ނާޅައެވެ.

އުމުރުން 35 އަހަރުގެ ސެރީނާ ވިލިއަމްސް އަކީ އެމެރިކާގެ އެތްލީޓުންގެ ތެރޭގައި ފާހަގަކޮށްލެވޭ މީހެކެވެ. އަދި އޭނާ އަކީ މުޅި ދުނިޔޭގެ އެންމެ މުސާރަ ބޮޑު އަންހެން އެތްލީޓެވެ. ސެރީނާ ފުރަތަމަ ގްރޭންްޑް ސްލޭމް ސިންގަލް ކާމިޔާބު ކުރީ 1991 އަހަރުއެވެ. އޭރު އޭނާގެ އުމުރަކީ ސަތާރަ އަހަރެވެ. އަދި 2016 ވަނަ އަހަރު އޭނާ ވަނީ ބާވީސްވަނަ ގްރޭންޑް ސްލޭމް ސިންގަލް ކާމިޔާބު ކޮަށްފައެވެ. އޭނާ އަކީ 300 ހަފްތާ ވަންދެން ދުނިޔޭގެ އެއްވަނައެވެ. ސެޕްޓެންބަރު މަހުގެ ނިޔަލަށް ވިދިވިދިގެން ދުނިޔޭގެ އެއްވަނައިގައި 186 ހަފުތާ ވަންދެން އޭނާ އޮތެވެ.

ސެޕްޓެންބަރު މަހު ޔުނައިޓެޑް ސްޕޯޓްސް އޯޕަންގެ ސެމީ ފައިނަލް މެޗުން ބަލިވި ފަހުން އޭނާ އެއްވެސް އެއްވެސް މެޗެއް ކުޅެފައިނުވެއެވެ.  ނަމަވެސް މިހާރު އޭނާވީ އޮކްލެންޑުގައި އޮތް މުބާރާތެއްގައި ބައިވެރިވުމަށް ނިއުޒިލޭންޑް ގައެވެ.

އޮހަނިއާން (33އ.) އަކީ އާއްމުންނާ އެހާ ރައްޓެހި މޫނެއްް ނޫނެވެ. އެހެންނަމަވެސް އޭނާވަނި މީގެ އެގާރަ އަހަރު ކުރިން ރެޑިޓް ވެބްސައިޓު އުފައްދައި އޭނާގެ ދާއިރާއިން ފާހަގަ ކުރެވޭ ކުރިއެރުންތައް ހޯދާފައިވެއެވެ. ވެބްސައިޓު އުފެއްދީ އޭނާގެ ކޮލެޖުގައި އުޅުނު ދަވަސްވަރުގެ ރޫމް މޭޓު ސްޓީވް ހަފްމަން އާ ގުޅިގެންނެވެ. އޮހަނިއާން ވެސް މިވަގުތުވީ ސެރީނާއާ އެކު ނިއުޒިލެންޑުގައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.