ދެ ދޯންޏެއް އެކްސިޑެންޓު ވުމުން ދެ އުޅަނދުގެ ކެޕްޓަނުންގެ ލައިސަންސް ހިފަހައްޓައިފި

ރޭފަތިހު 4:20 އެހައިކަންހާއިރު ދެ ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންވަނީ އެކްސިޑެންޓުވި ދެ ދޯނީގެ ކެޕްޓަނުންގެ ލައިސަންސް ހިފަހައްޓައިފައެވެ. މި ޙާދިސާ ހިނގާފައިވަނީ ކ. ގާފަރު ހުޅަނގުފަރާތު ކަނޑިންމައާ ދިމާ ކަނޑުމަތީންނެވެ.

މި ހާދިސާގައި އެއް ދޯންޏެއްގެ ވާތްފަރާތުކުރީ އަރިމަތިން ވަނީ 6 މަޑޫ ވަނީ ހަލާކުވެ ފަޅައިގެން ގޮސްފައެވެ. އަނެއް ދޯނީގެ ކަނާތްފަރާތު ކުރިން ދެތަނަކުން ވަނީ ގެއްލުން ވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެމައްސަލަ ބަލަމުންދާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.