ޓޮމާޓޯގޭގެ ޓެރަސްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ، ކާކުކަމެއް ނޭނގޭ: ފުލުހުން

މަރުވެފައި އޮތް ފިރިހެނަކު މއ. ޓޮމާޓޯގޭގެ ޓެރަސްމަތީން ފެނިއްޖެ ކަމަށާއި އެހެންނަމަވެސް އެއީ ކާކުކަމެއް އަދި އެނގިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެގޭ ޓެރަސް މަތީގައި މީހަކު ވެއްޓިފައިއޮތް ކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 11:18 އެހައިކަންހާއިރު ކަމަށެވެ. ފުލުހުން އެގެއަށްގޮސް ބެލިއިރު އެމީހާގެ އަނގައިން ފޮނު އައިސްފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ.

މިހާރު ގެންދަނީ އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އެމްއެންޑީއެފްގެ އެހީގައި އެމީހާ އެގެއިން ބާލައިގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެމީހާއަކީ އެގޭގައި ދިރިއުޅޭ މީހެއް ނޫންކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޓެރަސްމަތީން އެމީހާ ފެނިފައިވަނީ ޓޮމާޓޯގޭ މީހަކުއް އެއްޗެހި ހިއްކަން އަޅަން ޓެރަސް މައްޗަށް އެރިވަގުތުއެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެމީހާ މަރުވެފައިވަނީ އޯވަޑްޒް ވެގެންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.