ފަހު ޖަލްސާގައި މަޖިލީހަށް 10 ބިލެއް، މަސައްކަތަށް ފެށޭނީ 2020 ގެ ފުރަތަމަ ދައުރުގައި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާގައި 10 ބިލެއް ތަޢާރަފް ކުރަށްވައިފިއެވެ. މިއީ އެއް ޖަލްސާއެއްގައި އެންމެގިނަ ބިލް، މަޖިލީހަށް ތަޢާރަފްކުރެއްވި ޖަލްސާއެވެ.

މިއަދުގެ ޖަލްސާގައި މިބިލްތައް މަޖިލީހަށް ތަޢާރަފުކުރެއްވި ނަމަވެސް އެ ބިލްތައް ދިރާސާކުރެއްވުމުގެ ޢަމަލީ މަސައްކަތަށް ފެށޭނީ 2020 ގެ ފުރަތަމަ ދައުރުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ މިއަދުގެ ޖަލްސާގައު އެކަން ފާހަގަ ކުރައްވައިފައެވެ. ހުރިހާ ބިލްތައް ވެސް ހުށަހެޅީ ސަރުކާރުގެ ފަރާތުން އެމްޑީޕީގެ މެމްބަރުންނެވެ.

ހުށަހެޅި ބިލްތައް:

  • - ކެލާދާއިރާގެ މެންބަރ އިބްރާހީމް ޝަރީފް ހުށަހެޅުއްވި، މަދަނީ އިޖުރާއަތުގެ ބިލް.
    - މުލަކު ދާއިރާގެ މެންބަރ އިބްރާހީމް ނަޞީރު ހުށަހަޅުއްވި، ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލް.
    - ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރ މުޙައްމަދު ރަޝީދު ހުށަހަޅުއްވި ރާއްޖޭގެ އެއަރޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް.
    - ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރ މުޙައްމަދު މުމްތާޒް ހުށަހަޅުއްވި ތަޢުލީމުގެ ބިލް.
    - ގައްދޫ ދާއިރާގެ މެންބަރ އަޙްމަދު ޒާހިރު ހުށަހަޅުއްވި މޫސުމަށް އަންނަބަދަލުތަކާބެހޭ ބިލް.
    - ދާންދޫ ދާއިރާގެ މެންބަރ ޔަޢުޤޫބު ޢަބްދުالله ހުށަހަޅުއްވި ރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލް.
    - ތިނަދޫ ދެކުނު ދާއިރާގެ މެންބަރ ޢަބްދު الله ސަނީފް ހުށަހަޅުއްވި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލް.
    - ހިތަދޫ ދެކުނު ދާއިރާގެ މެންބަރ އިބްރާހީމް ނާޒިލް ހުށަހަޅުއްވި އެއްމެދު ޢިމާރާތުގެ ބިލް.
    - އިނގުރައިދޫ ދާއިރާގެ މެންބަރ ޙަސަން އަޙްމަދު ހުށަހަޅުއްވި ދިވެހިރާއްޖޭގެ ހަކަތައިގެ ބިލް.
    - ވެލިދޫ ދާއިރގެ މެންބަރ މުޙައްމަދު ޢަބްދުالله ޝަފީޤް ހުށަހަޅުއްވި ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.