ދޫނިދޫގެ ބައެއް ޖަލު ގޮޅިތައް ތަޅާލަނީ

ދޫނިދޫ ޖަލުގެ ބައެއް ގޮޅިތައް ތަޅާލުމުގެ މަސައްކަތް މިއަދު ފަށްޓަވައިފިއެވެ. މިމަސައްކަތް ފަށްޓަވައިދެއްވީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އެވެ. ދޫނިދޫގައި ތަޅާލާ ގޮޅިތަކުގެތެރޭގައި ކުރިންސުރެ ޖަލުގައި އަނިޔާކުރުމަށް މަޝްހޫރު "އަލްކަޓްރާސް" ގޮޅިވެސް ހިމެނެއެވެ.

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖަލުގެ ޙާލަތު ބަދަލުކުރުމަށްޓަކައި އެތަންތަނުގެ ޢިމާރަތަށް ބޮޑެތި ބަދަލުތައް ޖެނަންޖެހޭކަމަށެވެ. ދޫނިދޫގައި ހުންނަ ބައެއް ކަސްޓޯޑިއަލް ފެސިލިޓީސްތައް ބޭނުން ނުކުރާ ތަންތަނުގެ ގޮތުގައި ނިންމައި އެތަން ތަޅާލުމަކީ އުފާފުޅުކުރައްވާ ކަމެއްކަމަށް ހޯމް މިނިސްޓަރ ކުރެއްވި ޓްވިޓްގައި ވަނީ ވިދާޅުވެފައެވެ.

ދޫނިދޫގެ ބައެއް ޖަލު ގޮޅިތައް ތަޅާލަނީ އެ ތަންތަން ބޭނުން ނުކުރަން ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވާތީ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ރަނގަޅު ފެންވަރުގެ ޖަލެއް އަޅާނެ ޖާގަ ހޯދުން ވެސް ހިމެނެވެ.

ޖަލުތަކުގެ އޮޑިޓއް ރިޕޯރޓްގައިވާ ގޮތުން ބައެއް ޖަލުތަކަކީ އިންސާނުން ބަންދުކޮށްގެން ގެންގުޅެން އެކަށީގެންވާ ތަންތަނެއް ނޫނެވެ. ލާއިންސާނީ އަނިޔާތަކުގެ ކަންތައްތައް ބަލަން އދ އިން ކަނޑައަޅައިފައިވާ ރެޕެޓުއާ ނިޒް މެލްޒާވެސް ވަނީ ރާއްޖޭގެ ޖަލުތަކުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.