ތިލަފުށްޓަށް ލޭންޑްފިލް ކޮމްޕެކްޓަރ ގެނައުމަށް އެމްޓީސީސީއާ ޙަވާލު ކޮށްފި

މާލެއަތޮޅު ތިލަފުށިން ދުންއެރުވުން ހުއްޓުވުނަށްޓަކައި، ކުނިގޮނޑު މެނޭޖު ކުރުމަށް ބޭނުންވާ ލޭންޑުފިލް ކޮމްޕެކްޓަރ ގެނައުމަށް އެމްޓީސީސީއާ މިއަދު ޙަވާލުކޮށްފި ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ވިދާޅުވެއްޖެއވެ.

ލޭންޑުފިލް ކޮމްޕެކްޓަރ ގެނައުމަށް އެކުންފުންޏާ ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިއަދުއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަނެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޝިފާއު އަލީ އެވެ.

މި ކޮމްޕެކްޓަރުގެ އަގަކީ 9,665,000.0 ދިވެހި ރުފިޔާއެވެ. ކޮމްޕެކްޓަރ ގެނައުމަށް ހަމަޖެހިފައިވަނީ އެއްބަސްވުމުގައި ސޮއިކުރެވޭތާ 4 މަސް ދުވަހުގެ ތެރޭގައެވެ. ލޭންޑްފިލް ސައިޓްތަކަށް ޚާއްސަކޮށްގެން އުފައްދާފައިވާ މި ކޮމްޕެކްޓަރަކީ ބޯމެގް ބްރޭންޑުގެ ބީސީ 573 އާރުބީ-3 ކޮމްޕެކްޓަރެކެވެ. އޭގެ ދިގުމިނުގައި 8.6 މީޓަރު، ފުޅާމިނުގައި 3.6 މީޓަރު އަދި ބަރުދަނުގައި 28.8 ޓަނު ހުންނާނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ތިމާވެއްޓާބެހޭ މިނިސްޓްރީގެ އަމާޒަކީ ކ. ތިލަފުށިން އަރާ ދުން  2020 ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން ހުއްޓުވުމެވެ.

މާލެއަތޮޅު ތިލަފުށިން ދުންއެރުވުން ހުއްޓުވުނަށްޓަކައި، ކުނިގޮނޑު މެނޭޖު ކުރުމަށް ބޭނުންވާ ލޭންޑުފިލް ކޮމްޕެކްޓަރ ގެނައުމަށް އެމްޓީސީސީއާ މިއަދު ޙަވާލުކޮށްފި ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ވިދާޅުވެއްޖެއވެ.

ލޭންޑުފިލް ކޮމްޕެކްޓަރ ގެނައުމަށް އެކުންފުންޏާ ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިއަދުއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަނެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޝިފާއު އަލީ އެވެ.

މި ކޮމްޕެކްޓަރުގެ އަގަކީ  9,665,000.00ދިވެހި ރުފިޔާއެވެ. ކޮމްޕެކްޓަރ ގެނައުމަށް ހަމަޖެހިފައިވަނީ އެއްބަސްވުމުގައި ސޮއިކުރެވޭތާ 4 މަސް ދުވަހުގެ ތެރޭގައެވެ. ލޭންޑްފިލް ސައިޓްތަކަށް ޚާއްސަކޮށްގެން އުފައްދާފައިވާ މި ކޮމްޕެކްޓަރަކީ ބޯމެގް ބްރޭންޑުގެ ބީސީ 573 އާރުބީ-3 ކޮމްޕެކްޓަރެކެވެ. އޭގެ ދިގުމިނުގައި 8.6 މީޓަރު، ފުޅާމިނުގައި 3.6 މީޓަރު އަދި ބަރުދަނުގައި 28.8 ޓަނު ހުންނާނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ތިމާވެއްޓާބެހޭ މިނިސްޓްރީގެ އަމާޒަކީ ކ. ތިލަފުށިން އަރާ ދުން  2020 ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން ހުއްޓުވުމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.