އެމްއެމްސީގެ ޢާއްމު މެމްބަރަކަށް ޔާމީން އިންތިޚާބުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހުސްވެފައިވާ ޢާންމު މެންބަރުގެ މަގާމަށް ބޭފުޅަކު އިންތިޚާބުކޮށްފިއެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި އިންތިޚާބުގައި އެމަޤާމަށް ހޮވިފައިވަނީ މުޙައްމަދު ޔާމީން އިބްރާހީމް، (ދަފްތަރު ނަންބަރު ރސ 11830) އެވެ.

އެމަޤާމަށް ވާދަކުރެއްވީ ޖުމްލަ ދެ ބޭފުޅުންނެވެ. އެއީ ޔާމީންގެ އިތުރުން، ދަފްތަރު ނަމްބަރު ރސ 1890 ގެ އަޙުމަދު ނަޝީދު ޙުސައިނެވެ. މިއަދު ބޭއްވި އިންތިޚާބުގައި ޔާމީނަށް ލިބިވަޑައިގެންނެވީ 24 ވޯޓެވެ. އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީކުރީ 25 ފަރާތެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.