އޮފީހުގައި އުޅޭވަގުތުގައި ބޭނުންކުރާނެ ކާޑެއް އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންނަށް ތަޢާރަފްކޮށްފި

އިސްލާމިކް އެފެއާޒު މިނިސްޓްރީގެ މުވައްޒަފުން އޮފީހުގައިއުޅޭ ވަގުތުތަކުގައި އަޅާނެ ކާޑެއް އެ މިނިސްޓްރީން ތަޢާރަފްކޮށްފިއެވެ. ކާޑު ތަޢާރަފްކުރުމަށްފަހު މިނިސްޓްރީން މިއަދު ވަނީ މުވައްޒަފުންނާ ކާޑު ޙަވާލުކޮށްފައެވެ.

"މިއަދު މި މިނިސްޓްރީގެ ހުރިހައި މުވައްޒަފުން އޮފީހުގައި އުޅޭ ވަގުތުގައި ކާޑުއަޅައިގެން އުޅޭ ގޮތަށް ނިންމައި ކާޑު ހަވާލުކޮށްފިއެވެ. މިގޮތަށް ނިންމީ ރައްޔިތުންނަށް ޚިދުމަތްދޭ އިރު އެއީ ކާކުކަން އެނގޭނެ ގޮތް ހެދުމަށާއި އަދި މިނިސްޓްރީގެ މުވަޒަފުން ފަސޭހައިން ފާހަގަ ކޮށް އެނގޭނެ ގޮތް ހެދުމުގެ ގޮތުންނެވެ." އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މުވައްޒަފުންނާ ކާޑު ޙަވާލު ކުރުމަށް  އެ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތު އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު، ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ހުރިހައި  މުވައްޒަފުންނަށްވަނީ ކާޑު ހަވާލުކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.