އަރީފު މުސްކުޅި ކުރައްވައި ޑރ. އަޒްމިރަލްދާ އާ ސުޕްރީމް ކޯޓު ހަވާލުކުރައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް ޢަބްދުﷲ ޢަރީފު މުސްކުޅި ކުރައްވައި ކޯޓު ހިންގުން ޑރ. އަޒްމިރަލްދާ ޒާހިރް އާއި ހަވާލުކުރެއްވުމަށް ޖޭއެސްސީއިން ނިންމަވައިފިއެވެ.

ފަނޑިޔާރު ޢަބްދުﷲ ޢަރީފް މުސްކުޅިކުރެއްވުމަށް ޖޭއެސްސީ އިން ނިންމެވީ ސިއްހީ ހާލަތު ހުރިގޮތުން މުސްކުޅި ކޮށްދެއްވުމަށް ކޮމިޝަނުގައި އެދިވަޑައިގަތުމުންނެވެ.

ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރެއްވުމަށް ވެސް ނިންމަވާފައެވެ. އެގޮތުން އެމަނިކުފާނު ފަސްދޮޅަސް ދުވަހުގެ މުއްދަތަށް މަސައްކަތުން ދުރުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. ޣަނީ ސަސްޕެންޑުކުރެއްވުމަށް ނިންމެވީ އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލައިގެ ބާވަތުން މަސައްކަތުން ދުރުކުރައްވަން ޖެހޭކަމަށް ކޮމިޝަނަށް ފެނިވަޑައިގަތުމުންނެެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ހުރިހާ ގޮތަކުންވެސް އަންހެނުންނާއި ފިރިހެނުންނާއި ތަފާތެވެ. ފިރިހެނުން އަންހެނުންނާއި އިންނަނީ އެމީހުން ބުނިއަގެއްދީފައެވެ. އެހެންވީމާ ގޭގެ ޙަގީގީ ވެރިމީހަކީ ފިރިމީހާއެވެ. މިސްކިތްތަކުގައި އިސްވެ ނަމާދުކުރަނީ ފިރިހެނުންނެވެ. އަންހެނުންނަށް ނަމާދު ނުކުރެވޭ، ރޯދަނިހެފޭ ދުވަސްތަކެއް އަންނަކަން އެންމެންވެސް ޤަބޫލު ކުރެއެވެ. އެހެން ވީމާ އިސްލާމީ ޤައުމެއްގެ އެންމެފަހު ބަސް ބުނާ މީހަކަށް އަންހެނަކު އިސްކުރުމަކީ މިހާރުއޮތީ އިސްލާމީ ވެރިކަމެއްތޯ ސުވާލު އުފެދޭކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.