ކަރަންޓާބެހޭ އެއްބަސްވުމެއްގައި އެޑިޔުކޭޝަނުން ފެނަކައާއެކު ސޮއިކޮށްފި

ކަރަންޓާބެހޭ އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ފެނަކަ ކޯޕަރޭޝަނާ ދެމެދު މިއަދު ސޮއި ކުރައްވައިފިއެވެ.

މި އެއްބަސްވުމުގެ މަޤުސަދަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިންގަމުންދާ ސްކޫލްތަކުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އިން ކަނޑައަޅާ ތަންތަނަށް ކަރަންޓު ލިބޭނެގޮތަށް ފެނަކައިން އިންތިޒާމް ހަމަޖެއްސުމެވެ.

މި އެއްބަސްވުން ނުވަތަ މެމޮރަމްޑަން އިފް އަންޑަސްޓޭންޑިން (އެމް.އޯ.ޔޫ) ގެ ދަށުން  ކަރަންޓްގެ ޚިދުމަތް މެދު ނުކެނޑި ސުކޫލްތަކަށް ފޯރުކޮށްދޭންޖެހޭނެއެވެ. އަދި ކަރަންޓްވިއުގަ ގާއިމްކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ސްކޫލްތަކުގެ ކަރަންޓްގެ ހާލަތު ބަލާ އެސެސްމަންޓް ރިޕޯރޓް އެޑިޔުކޭޝަން މިނިސްޓްރީ އަށް ހުށަހެޅަން ވެސް އެއްބަސްވެފައިވެއެވެ.

އޭގެއިތުރުން ސްކޫލްތަކުގައި މިނިސްޓްރީއިން ކަނޑައަޅާ މުވައްޒަފުންނަށް، ކަރަންޓް ޚިދުމަތް ފޯރުކޮށްދިނުމުގައި ދިވާމާ ޓެކްނިކަލް އަދި ފަންނީ ތަމްރީންތައް ދިނުމާއި، ސްކޫލްތަކުގެ ކަރަންޓްގެ ވިއުގާއާއި ކަރަންޓާއި ގުޅުންހުރި ޚިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.