ފައިސާގެ ބޮޑުއިނާމް ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލްއިން ފަށައިފި

އިނާމަކަށް ދެ ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބޭންކުއޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ. މިއީ "ސްކޭން ޓު ޕޭ އެންޑް ޕޭ ބައި ލިންކް" ގެ ނަމުގައި ފެށި ޕްރޮމޯޝަނެލެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އަންނަ އަހަރުގެ ޖެނުއަރީ 17 އާ ހަމައަށެވެ. މި ޕްރޮމޯޝަން ޚާއްސަކޮށްފައިވަނީ  ބީއެމްއެލްގެ މޯބައިލް ޕޭ ބޭނުން ކުރާ ކަސްޓަމަރުންނާއި މާޗެންޓުންނަށެވެ.

މި ޕްރޮމޯޝަންގައި، ކިއުއާރު ކޯޑް އަދި ލިންކު ބޭނުން ކޮށްގެން ފައިސާ ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގާގޮތަށްވަނީ ހަމަޖެހިފައެވެ. އެ ގުރުއަތުން ހޮވޭ ތިން ކަސްޓަމަރަކަށާއި ތިން މާޗެންޓުންނަށް 30،000 ރުފިޔާލިބޭނެއެވެ. ދެވަނައަށް  20،000 ރުފިޔާ އަދި ތިންވަނައަށް ގުރުއަތުން ނެގޭ މީހަކަށް 10،000 ރުފިޔާ ލިބޭނެއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ކޮންމެ ހަފްތާއަކު ގުދުރަތުން ހޮވާ ފަސް ކަސްޓަމަރުންނާއި ފަސް މާޗެންޓުންނަށް 1000 ރުފިޔާގެ ފައިސާގެ އިނާމް ވެސް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.