އަފްޣާނިސްތާނުގައި އައިސިސް ބަލިކުރެވިއްޖެ: ރައީސު ޣަނީ

އަފްޣާނުސްތާނުގައި އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިޔާ (އައިސިސް ނުވަތަ އިސްލާމިކް ސްޓޭޓް) ބަލިކޮށްލެވިއްޖެ ކަމަށް އަފްޣާނިސްތާނުގެ ރައީސު އަޝްރަފް ޣަނީ ވިދާޅުވެއްޖެއެވެ.

މިއަދު ދެއްކެވި ވާހަކަފުޅުގައި އޭނާ ވިދާޅުވީ އަފްޣާނިސްތާނުން އައިސިސް "މުޅިން ފޮހެލެއްވިއްޖެ" ކަމުގައެވެ.

"އަހަރުމެން މިއަދު ތެދުވެ ދާއިޝް (އައިސިސް) ފޮހެލައިފީމޭ ބުނާނޭ ކަމަށް މީގެ އެއް އަހަރު ކުރިން އެކަކުވެސް ގަބޫލުނުކުރާނެ." ޣަނީ ވިދާޅުވިއެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 600 އެއްހާ އައިސިސް ހަނގުރާމަވެރިންނާ އެމީހުންގެ އާއިލާތައް ވަނީ އަފްޣާން ސިފައިންގެ ކުރިމަތީގައި ހަތިޔާރު ބަހައްޓައި އަމާންދީފައެވެ.

އަފްޣާނިސްތާނުގެ ފަޖްވޮކް ނިއުސް އެޖެންސީން މިއަދު ޚަބަރުދިން ގޮތުގައި މިއަދު އައިސިސްގެ ހަނގުރާމަވެރިންގެ 243 މީހުން ވަނީ އަމާންދީފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން ޕާކިސްތާން، ތަޖިކިސްތާން، އުޒްބަކިސްތާން، އިރާން، އާޒަރްބައިޖާން، ކަޒަޚިސްތާންގެ ހަނގުމާވެރިން ހިމެނޭކަމަށް އެ އެޖެންސީން ބުނެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.