ޑީކޯވި ދެމީހުންނަށް ބަނޑޮސް ޗެމްބަރުގައި ފަރުވާ ދެނީ

ޑީކޯވި މީހަކަށް ފަރުވާ ދިނުމަށް ފަރުވާލަނީ:ފައިލް

ޑައިވިން ކުރަން އުޅުމުގެ ތެރޭގައި ޑީކޯވި ދެ ދިވެހީން ރޭ ދަންވަރު 3:00 ގައި މާލެ ގެންގޮސް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މިހާރުވަނީ ޗެމްބަރަށް ލުމަށްޓަކައި ބަނޑޮހަށް ފޮނުވައިފައެވެ.

އައިޖީއެމްއެޗުން ވިދާޅުވީ އެދެމީހުންނަށް ބަނޑޮހަށް ފޮނުވާފައިވަނީ މިއަދު ހެނދުނު 7:30 އެހައިކަންހާއިރު ކަމަށެވެ. ޗެމްބަރުގައި ފަރުވާ ދިނުމަށްފަހު އަދި އެތަނުން އައިޖީއެމްއެޗަށް ފޮނުވާނެއެވެ.

ޢުމަރުން 27 އަހަރާއިމ 39 އަހަރުގެ މިދޭމީހުން މާލެ ގެނެސްފައިވަނީ ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހުގައެވެ. އެމީހުން މާލެ ގެނެސްދީފައިވަނީ އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ފުރަތަމަ ގެންދަން އުޅުނީ ޝަންގުރިއްލާ ޗެމްބަރަށެވެ. އެހެންނަމަވެސް މާލެ ގެންދިޔައީ ޝަންގުރިއްލާ ޗެމްބަރުގައި މައްސަލަ ޖެހިފައި ހުރުމުންނެވެ.

ޑީކޯވީ އެންދަމަށް ޑައިވްކުރަން އުޅުނު ދެމީހުން ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

އެ މީހުން ތިނަދުއަށް ގެންދިޔައިރު އެކެއްގެ ޙާލު ވަރަށް ސީރިއަސްއެވެ. އެހެންނަމަވެސް ދެމީހުންގެ ޙާލުވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެއެވެ. އައިޖީއެމްއެޗުން ވިދާޅުވީ އެމީހުންގެ ޙާލަތާމެދި ޑޮކްޓަރ ވަކިއެއްޗެއް ވިދާޅުވެފައި ނުވާކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.