ދިގު މުއްދަތުގައި އަގުއަދާކުރާ ގޮތަށް ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަށް ބޭނުންވާ ސާމާނު ދޫކުރަނީ

ތުތި ބޯވަދިލަމުގެ 4 ބާވަތެއްގެ އުފެއްދުން މިފްކޯއން ގެންދަނީ ވިއްކަމުން

ދިގު މުއްދަތުގައި އަގުއަދާކުރާ ގޮތަށް ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަށް ބޭނުންވާ އާލާތްތައް ދޫކުރާ ގޮތަށް ފިޝަރީޒު މިނިސްޓްރީން ނިންމައިފިއެވެ.

މިއީ އެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތް މަސްވެރިންނަށް ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން މިގޮތަށް ހުޅުވާލި ހަވަނަ ފަހަރެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވެފައިވަނީ މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ އެ މަސްވެރިކަމަށް ބޭނުންވާ ދެ ސެޓުކަމަށެވެ.

މިތަކެތި ބަލަން ބޭނުންވާ ފަރާތްތަކަށް ހުހުޅުމާލޭ އިންޑަސްޓްރިއަލް އޭރިޔާގައި ހުންނަ ފިޝަރީޒް މިނިސްޓްރީގެ ފެޑް ސެންޓަރުން ފެންނާނެއެވެ. އެ ބަލަން ބޭނުންވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 އެތަނަށް އައުމުން މިނިސްޓްރީން އެދައްކާނެއެވެ.

ތުތިބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތް ދިގުމުއްދަތުގައި އަގުއަދާކުރާގޮތަށް އެދި ހުށަހަޅާ ފޯމާއި، އެ މަސްވެރިކަންކުރުމަށް ބޭނުންވާ އާލާތް ދިގުމުއްދަތުގައި އަގުއަދާކުރާގޮތަށް ދޫކުރުމުގެ އުޞޫލު، ފިޝަރީޒް މިނިސްޓްރީގެ ރިސެޕްޝަނުންނާއި، ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިކަމަށް އެދިހުށަހަޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ޑިސެމްބަރ މަހުގެ 5 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމާ ހަމަޔަށް ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.