އެމްއެމްސީއަށް މެމްބަރަކު އިންތިޚާބުކުރުން ނޮވެމްބަރު ތޭވީހުގައި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހުސްވެފައިވާ ޢާންމު މެންބަރުގެ މަގާމަށް ބޭފުޅަކު އިންތިޚާބުކުރުން މިމަހު 23 ވަނަ ދުވަހު ބާއްވާ ގޮތަށް ހޯމް މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.

އެމަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ވޯޓުލުން އޮންނާނީ އެމިނިސްޓްރީގައެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގެ މުއަދަތު ހަމަވިއުރު ކުރިމަތި ލައްވައިފައިވަނީ ތިން ބޭފުޅުންނެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ ދެ ބޭފުޅެއް ކަމަށް ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެއީ އަޙުމަދު ނަޝީދު ޙުސައިން، ދަފްތަރު ނަންބަރު ރސ 1890 އާއި،މުޙައްމަދު ޔާމީން އިބްރާހީމް، ދަފްތަރު ނަންބަރު ރސ 11830 އެވެ.

މިމަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގައި، ވޯޓުލުމަށާއި، އޮބްޒާވަރުންނާއި މަންދޫބުންގެ ގޮތުގައި ރަޖިސްޓްރީކުރުން މާދަމާއިން ފެށިގެން ހުޅުވައިލާނެއެވެ. އެގޮތުން މިމަހު 19، 20 އަދި 21 މިއިން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 13:00 އަށް ރަޖިސްޓްރީކުރުން، ހޯމް މިނިސްޓްރީގައި ކުރިއަށްދާނެއެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާފޯމް ހޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.