ރައީސް އޮފީހުގެ މުވައްޒަފުންނާ ރައީސް ބައްދަލު ކުރައްވައިފި

ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، ރައީސް އޮފީހުގެ މުވައްޒަފުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލު ކޮށްލެއްވުމުގައި އެމަނިކުފާނުވަނީ ފާއިތުވީ އެއް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމުގައި އޮފީހުގެ މުވައްޒަފުންގެ ފަރާތުން ލިބިވަޑައިގެންނެވި އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުރިޔަށް އޮތް އަހަރުތަކުގައިވެސް ސަރުކާރުގެ މުހިންމު އަމާޒުތަކަށް ވާޞިލްވުމުގައި މުވައްޒަފުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ވަކިން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގިނަ ދުވަސްވީ މުވައްޒަފުންގެ ފަރާތުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެހީތެރިކަމާއި އެއްބާރު ލެއްވުން ފާހަގަކުރައްވައި އެކަމަށްޓަކައި އެމަނިކުފާނުވަނީޝުކުރު އަދާކުރައްވައިފައެވެ.

ފާއިތުވި އެއްއަހަރަށް ބަލާއިރު ސަރުކާރުގެ އޮފީސްތަކުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.