ގޮންޖެހުންތަކާއެކުވެސް ގުދަންތައް އަޅައި ނިންމައިފިން:އިބޫ

މާލޭގެ ރައްޔިތުން ކެމިކަލުން ރައްކާތެރިކޮށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށްޓަކައި ތިލަފުށީގައި އެޅުމަށް ހަވާލުކުރި ގުދަންތަކުގެ މަސައްކަތް ގޮންޖެހުންތަކާއެކުވެސް ނިންމައިލައިފި  ކަމަށް ގްރޭޓަރމާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ބުނެފިއެވެ.

އެކުންފުނީގެ މެނޭޖިންޑިރެކްޓަރ އިބްރާހީމް ރަޝީދު (އިބޫ) ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމަސއްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އޭނާއަށް ދެއްވީ 60 ދުވަހުގެ މުހުލަތެއް ކަމަށެވެ. އެހެންނަމަވެސް ގުދަންތައް ނިންމާލައިފައިވަނީ 54 ދުވަހުން ކަމަށް ވިދާޅުވެފައިވެއެވެ.

" މާލޭ ރައްޔިތުންނަށް އަމާން ވެއްޓެއް ހޯދައިދިނުމަށް ކެމިކަލް ގުދަންތައް ތިލަފުށްޓަށް ބަދަލުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލީހު ނިންމަވައި އަޅުގަނޑަށް ދެއްވީ ފަސްދޮޅަސް ދުވަސް. ކުރިމަތި ކުރުވި ހުރަސްތަކާއެކުވެސް 54 ދުވަހުން ގުދަންތައް މިވަނީ އަޅައިނިމިފައި." އިބޫގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތިލަފުށީގައި އަޅައިފައިވަނީ 40 ފޫޓުގެ 34 ގުދަނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.