މަރުވެފައިއޮތް މީހަކު މާލޭ ގެއެއްގެ ވައިގޮޅިން ފެނިއްޖެ

މާލޭ ގެއެއްގެ ވައިގޮޅީގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ އެ މީހާ ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 10:10 އެހައިކަންހާއިރު ކަމަށެވެ. އެމީހާ ފެނިފައިވަނީ ގަލޮޅު ގެއެއްގެ އެއްވަނަ ފަންގިފިލާގެ ވައިގޮޅިންނެވެ.

"މަރުވެފައިވަނީ ޒުވާން ފިރިހެނެއް. ނަމަވެސް އޭނާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން،" ފުލުހުންގެ ތަރުޖަމާނު ޗީފްއިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވިއެވެ.

ފުލުހުން މިހާރުވެސް ދަނީ ސީންގައި ޙަރަކާތްތެރިވަމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ފެނިފައިވަނީ ވައިގޮޅިން ނުބައި ވަސް ދުވާތީ ބެލިބެލުމުންނެވެ. އެމީހާއާ ބެހޭ މަޢުލޫމާތު ލިބޭ ވަރަކުން ހާމަކުރަމުންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.