ހަލާލް އެއް ލޯގޯއެއް ބޭނުންކުރުން މުހިންމު: މިނިސްޓަރ ޒާހިރު

ކާއެއްޗެހި އުފައްދާއިރު ހުރިހާ އެންމެން އެއް މިންގަނޑެއް ހިފެހެއްޓުމަށްޓަކައި އެ މިންގަނޑެއް ތައްޔާރުކޮށް ހަލާލް ލޯގޯ ގެ ގޮތުގައި އެއް ލޯގޯ އެއް ބޭނުންކުރުން މުހިންމު ކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިމަހު 11 އިން 12 އަށް އިންޑޮނޭޝިއާގައި ބޭއްވި ދުނިޔޭގެހަލާލް ކައުންސިލްގެ 20 ވަނަ އާއްމު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ ކާއެއްޗެހި އުފައްދާ ކުންފުނިތަކާ ވާހަކަ ދައްކައިގެން ހަލާލު ސެޓުފިކެޓު ގެ މުހިންމު ކަމާއި އަދި ހަލާލް ތަކެތި އުފެއްދުމަށް ބާރުއެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ހަލާލް ސެޓުފިކެޓުގެ މުހިންމު ކަމާބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ވާހަކަ ދައްކަވައިފައެވެ.

އިންޑޮނޭޝިއާގެ ޖަކާޓާގެ "ސުލްތާބް ހޮޓެލް އެންޑް ރެސިޑަންސަސް" ގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ހަލާލު އިންޑަސްޓްރީ ކުރިއަރުވާނެ ގޮތްތަކާއި އެކަމަށްހުރި ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ކަމަށް އިސްލާމިކް އެފެއާޒު މިނިސްޓްރީން ވިދާޅުވިއެވެ.  އަދި އެއްބަޔަކު އަނެއްބަޔަކަށް އެހީ ވެވިދާނެ ގޮތްތަކާއި ބެހޭގޮތުން ވެސް ވާހަކަ ދައްކާފައިވެއެވެ. އޭގެ އިތުރުން އެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް ކަރުދާސް ހުށަހެޅިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.