ރައީސްގެ ވަޢުދުފުޅުތައް ފަސް އަހަރު ތެރޭ ފުއްދަވާނެ: އެމްޓީޔޫ

އެމްޓީޔޫގެ ނާއިބު ރައީސް ސައުދުﷲ އަހުމަދު، ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު

ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިހު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުތައް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރު ނިމޭއިރު ފުއްދަވާނެ ކަމަށް މޯލްޑިވްސް ޓުރޭޑު ޔޫނިއަން (އެމްޓީޔޫ) ގެ ނާއިބު ރައީސް ސައުދުﷲ އަޙުމަދު ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން ސައުދު މިއަދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހަކީ ބަސްމަދު ކުރައްވައި އަމަލު ގިނަކުރައްވާ ބޭފުޅެއް ކަމަށެވެ. ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ވެސް ފަސްއަހަރު ތެރޭ އެމަނިކުފާނު ޢަމަލީ ގޮތުން ފުއްދަވާނެ ކަމަށް މެދު އެއްވެސް ޝައްކެއްނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް އިބުރާހީމް މުހައްމަދު ސާލިހުގެ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު އެމަނިކުފާނު އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް ﷲ ގެ އިރާދަފުޅާއެކީ ފުދިގެންދާނެ،" ސަޢުދު ވިދާޅުވިއެވެ.

ރައީސް އިބުރާހީމް މުހައްމަދު ސާލިހު ވެގެންދާނީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވައި ހުރިހާ ގޮތަކުން ރާއްޖެއަށް ތަރައްގީ ގެނެސްދެއްވާނެ ރައީސަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިހާރުވެސް އެކަން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމަނިކުފާނު ވެގެންދާނީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވާ ރައީސަކަށް. އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީ ޔަގީން ކޮށްދެއްވާ ރައީސަކަށް އެމަނިކުފާނު ވެގެންދާނެ،" ސައުދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.