ސަރުކާރުގެ އިސްބޭފުޅުން ހައިލަމަށް ނުގުޅުއްވާނަމަ އެވާހަކަ ވިދާޅުވާން އެބަޖެހޭ: ޝަމީމް

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަޙުމަދު ހައިލަމް ބައްލަވަމުން ގެންދެވި ރައީސް ޢަބްދުﷲ ޔާމީންގެ މަނީލޯންޑަރިންގެ މައްސަލައިގެ ހުކުމް ކުރައްވާ ގޮތް ނުވަތަ ރައީސް ޔާމީން ޖަލަށް ލައްވާނެ ކަމުގެ ކަށަވަރުކަން ހޯއްދެވުމަށް ސަރުކާރުގެ އިސް ބޭފުޅުން ހައިލަމަށް ގުޅުއްވައި ނުފޫޒު ނުފޯރުވާ ކަމަށްވާނަމަ އެވާހަކަ ސަރުކާރުން ވިދާޅުވެ ދެއްވަން އެބަޖެހޭ ކަމަށް ކުރީގެ ޑެޕިޔުޓީ ޕްރޮސެކިއުޓަރޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެކަން އެގޮތަށް ވިދާޅު ނުވެވޭ ކަމަށްވާނަމަ ނުބައެއް އުޅެޔޭ ހީވާ ކަމަށެވެ.

"ތައިލޭންޑުގެ އައްސޭރިފަށުގައި ފަތާލާފައި" އައިއިރު ކަމަކުދާކަށްނެތް. ހައިލަމަށް ސަރުކާރުގެ "އިސް ފަރާތަކުން" ގުޅީޔޯ. "އިސް ފަރާތުން" ވެސް ސަރުކާރަކުން ވެސް އެކަމަކަށް އަދި އިންކާރެއް ނުކުރޭ. ނުގުޅާނަމަ، އެ ވާހަކަ އެބަ ބުނަންޖެހޭ! އެހެން ނޫނީ، ނުބައެއް އުޅެޔޭ ހިވާގޮތް އެބަވޭ.،" މަޖާ ގޮތަކަށް އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ގުޅުއްވި ނުވަތަ މެސެޖު ކުރެއްވި ސަރުކާރުގެ އިސް  ބޭފުޅުންގެ ނަންތައް ހާމަކުރެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަލް ލަތީފު ވަނީ ހައިލަމަށް ގޮވާލައްވައިފައެވެ. އެހެންނަމަވެސް މިހާތަނަށް އެއްވެސް ބޭފުޅެއްގެނަމެއް ހައިލަމް ހާމައެއް ނުކުރައްވައެވެ. އަދި އެކަމާބެހޭ ގޮތުން ސަރުކާރުން ވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.