ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑުން އޮޕަރޭޓުކުރާ ވޭލް ސަބްމެރިންއަކީ ހަމައެކަނި ރޭގަނޑުގެ ކެއުން ލިބޭ ރެސްޓޯރެންޓަކަށް ބަދަލުކޮށް އެ ޚިދުމަތް ފަށައިފިއެވެ. މި ޚާއްސަ ޚިދުމަތް ދެނީ ދުވާލު އޮންނަ ޢާއްމު ޑައިވްތަކަށްފަހުގައެވެ.
އެޚިދުމަތަކީ މީހުން ވަރަށްބޮޑަށް އެދިއެދިތިބި ޚިދުމަތެއް ކަމަށް އެކުންފުނިން ވިދާޅުވިއެވެ. ސަބްމެރިން ރެސްޓޯރެންޓަކަށް ބަދަލު ކޮށްލީ ރޭގަނޑަށް އެކަންޏެވެ. ރެސްޓޯރެންޓަކަށް ބަދަލުކުރިޔަސް އޮޕަރޭޝަންތައް މިހާރުވެސް ހިނގަމުންދާގޮތަށް ކުރިއަށްދާނެ،" ވޭލްސަބްމެރިންގެ ވެރިޔާ ޢުމަރު ނަސީރު ވިދާޅުވިއެވެ.
"ކޮންމެ ރެއަކު ކަނޑުއަޑިއަށްގޮސް ކަނޑު އަޑީގައި އެރެއެއްގެ ކެއުން ކަނޑު އަޑީގައި ކެއުމަކީ އިތުރު ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. މިއީ މުޅިދުނިޔެއަށް ބަލާލިޔަސް ވަރަށް ތަފާތު ވިޔާފާރިއެކެވެ. ޑިނަރ ބާއްވަނީ ކަނޑުގެ ދޮންވެލިގަނޑުމަތީގައި ސަބުމެރިން ބާއްވައިގެންނެވެ.
މިޚިދުމަތް ދެނީ ކަނޑުގެ 120 ފޫޓުގެ އަޑީގައެވެ. ކަނޑު އަޑިއަށް ގޮސް ދޮންވެލިގަނޑު މަތީ ސަބުމެރިން ލޭންޑު ކުރުމަށްފަހު ވަށައިގެން ދިއްލާލީމާ ފެންނަ ހިތްގައިމު މާހައުލުގައި ތިބެގެން ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށް ބޭނުންވާ މީހުންގެ އަދަދު އަންނީ އިތުރުވަމުންނެވެ. ރާއްޖޭގައި ވޭލްސަބްމެރީގެ ޚިދުމަތްދޭތާ 19 އަހަރުވެއްޖެއެވެ.
agu jahaalinama furihama vees