ވަކިގޮތަކަށް ޙުކުމްކުރަން ޤާޒީއަށް ބިރުދެއްކުމަކީ ދީނާއި ޤާނޫނާއި ޚިލާފް ނާތަހުޒީބު ޢަމަލެއް: ޑރ. ޝަހީމް

ވަކިގޮތަކަށް ޙުކުމްކުރަން ޤާޒީއަށް ބިރުދެއްކުމަކީ ދީނާއި ޤާނޫނާ ޚިލާފް ނާތަހުޒީބު ޢަމަލެއްކަމަށް ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި މިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވާ ދަޢުވާ އަކީ އަސާސެއްނެތި ޒާތީ ބަދަލުހިފުމެއްގެ ގޮތުން ކޮށްފައިވާ ދަޢުވާއެއްކަމަށް، ޤާޒީ ހައިލަމްގެ ބަޔާނުން ދޭހަވާ ކަމަށެވެ.

ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް، ސަރުކާރުގެ އިސް މަޤާމްތަކުގައި ތިއްބެވި ބޭފުޅުން އެދިވަޑައިގަތް ކަމަށް ސަސްޕެޑް ކޮށްފައިވާ، ކްރިމިނަލް ކޯޓުގެ، އިސް ޤާޒީ އަހްމަދު ހައިލަމް ނެރުއްވި ބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ. އޭނާއާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައި، ރިޝްވަތުގެ ތުހުމަތުތަކެއްކޮށް އަބުރު ކަތިލަމުން ދަނީ ޔާމީނަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ޔަގީންކަން ނުދިނުމުން ކަމަށް ވެސް ހައިލަމް ނެރުއްވި ބަޔާނެއްގައި ތުހުމަތު ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.