އޭއެސްސީގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުކަމަށް މުޙައްމަދު ޒާހިރު

އޭނާ އެމަގާމަށް އިންތިޚާބު ކޮށްފައިވަނީ ކުރިއަށް އޮތް 4 އަހަރަށެވެ. މިއީ އެ ބޯޑަށް އޭނާ  އިންތިޚާބްވި ދެވަނަ ފަހަރެވެ. އޭޝިއަން ޝޫޓީންގ ކޮންފެޑެރޭޝަން އަކީ އޭޝިއާގެ ޝޫޓިންގެ މައި އިދާރާއެވެ. އޭނާ އެމަގާމަށް އިންތިޚާބު ކޮށްފައިވަނީ ނޮވެމްބަރު 2 ގައި ބޭއްވި ޖެނެރަލް އެސެމްބުލީގައެވެ. އެ އެސެމްބްލީގައި ވަނީ އެގްޒެކެޓިވް ބޯޑުގެ ހުރިހާ މަޤާމްތަކަށް މެންބަރުން އިންތިޚާބު ކޮށްފައެވެ.

އޭ.އެސް.ސީގެ ރައީސްގެ މަގާމަށް ހޮވިފައިވަނީ ކުވޭތުގެ އަމީރު ޝައިޚް ސަލްމާން އަލް-ޞަބާހް އެވެ. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވިފައިވަނީ، ކުވޭތު ޝޫޓިންގ ސްޕޯރޓްސް ފެޑެރޭޝަންގެ ރައީސް ޝައިޚް އަލް-ދުއެއިޖް އަލް އުތައިބީ އެވެ.

އޭޝިއަން ޝޫޓިންގ ކޮންފެޑެރޭޝަންގެ ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުކަމަށް ޝޫޓިންގ އެސޯސިއޭޝަންގެ ރައީސް އިންތިޚާބްވުމަކީ، ޝޫޓިންގެ އެސޯސިއޭޝަނަށާއި އެ ކުޅިވަރު ދިވެހިރާއްޖޭގައި ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޝޫޓީން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.