ކޯޓްތަކުގައި މައްސަލަތައް ލަސްވާ ސަބަބު ދެނެގަތުމަށް ޓާސްކް ފޯހެއް އެކުލަވާލަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޯޓްތަކުގައި މައްސަލަތައް ލަސްވާ ސަބަބު ދެނެގަތުމަށް ޓާސްކް ފޯހެއް އެކުލަވާލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާދެއްވުމަށް މަޖިލީހުން ނިންމައިފިއެވެ. މިގޮތަށް ނިންމައިފައި ވަނީ 66 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ކޯޓްތަކުގައި މައްސަލަތައް ލަސްވާ ސަބަބު ތަކުގެ އިތުރުން ދިމާވާ ދަތިތައް ދެނެގަނެ އެކަކަން ޙައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތައް ފާހަގަކުރުމަކީވެސް މި ޓާސްކްފޯސްގެ މަސްޢޫލިޔަތެއްކަމަށް ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން އެފިޔަވަޅުތައް އެޅުން އަވަސްކޮށް އިޕްލިމެންޓްކުރާނެ ގޮތްތައް ކަނޑައެޅުމަކީވެސް ޓާސްކްފޯހުގެ މަސްޢޫލިއްޔަތުތަކުގެތެތެރޭގައި ހިމެނޭ ކަމެކެވެ.

މިގޮތަށް ނިންމައިފައިވަނީ ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ޖޭއެސްސީން އެކުލަވާލާ މަޖިލީޖިލީހަށް ފޮނުއްވި ރިޕޯޓް ދިރާސާކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އެކުލަވާލި ރިޕޯޓް ގައެވެ. އެ ރިޕޯޓާ ގުޅިގެން މަޖިލީހުން ދެވެން އޮތް ލަފައެއް ދިނުމަށް ޖޭއެސްސީގެ އެރިޕޯރޓް ފޮނުވިއިރު ވަނީ އެދިފަ އެވެ. ޖުޑިޝަރީކޮމެޓީގެ ރިޕޯޓްގައި ވަނީ މި ޓާސްކްފޯސް އެކުލަވާލައްވާނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ތަމްސީލު ވާނެ ގޮތަށް ކަމަށެވެ.

ޖޭއެސްސީ އިން މަޖިލީހަށް ފޮނުވި ރިޕޯރޓްގައިވާގޮތުން ކްރިމިނަލް ކޯޓްގައި ނުނިމި 1910 މައްސަލައިގެ ތެރޭގައި 10 އަހަރު ވީ 12 މައްސަލަ އާއި 5 އަހަރު ވެފައިވާ 126 މައްސަލަ ހިމެނެއެވެ. މިނޫންވެސް އެކޯޓްގެ ފަނޑިޔާރުންނާ ޙަވާލުވެފައިވާ މައްސަލަތަކުގެ ޢަދަދާއި ފަނޑިޔާރުންގެ ތަޢުލީމީ ފެންވަރާ ބެހޭ މަޢުލޫމާތުތައްވެސް ޖޭއެސްސީގެ ރިޕޯރޓްގައި ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.