ފުވައްމުލަކުގައި ސައިކަލަކުން ވެއްޓުނު ޒުވާނަކު ސީރިއަސް ހާލަތުގައި

ރޭ 11:23 އެހައިކަންހާއިރު ފުވައްމުލަކުގައި ސައިކަލަކުން ވެއްޓުނު ޒުވާނެއްގެ ޙާލު ސީރިއަސްވެ އިތުރުފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

ފުވައްލަކު ހޮސްޕިޓަލުން ބުނީ މިއަދު ބާރައިގެ ކުރީން އޭނާ މާލެ ފޮނުވައިލެވޭވަރުވާނެ ކަމަށެވެ. ފުރުވުމުގެ ހުރިހާކަމެއް މިހާރު ވަނީ ނިމިފައެވެ. މިހާރު އޭނާއަށް ފަރުވާ ދެމުން ގެންދަނީ ފުވައްމުލަކު ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އަދިވެސް ހޭނާރާ ކަމަށް އެހޮސްޕިޓަލުން ބުންޏެވެ.

ސައިކަލުން ވެއްޓި އޭނާގެ ބޯވަނީ ފަޅައިގެން ގޮސްފައެވެ. ފަޅައިގެންދިޔަތަން މިހާރުވަނީ ފަހައިފައެވެ. އޭގެ އިތުރުން ގައިގެ ބައެއް ތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ވެސް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވިއެވެ.

ޢުމުރުން 26 އަހަރުގެ އެމީހާއަށް އަނިޔާވީ ފުވައްމުލަކު  ސްޓޭޑިއަމް ކައިރިން ބާރަށް ދުއްވާފައި ދަނިކޮށް ސްޕީޑު ބްރޭކަރގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް ސައިކަލް ވެއްޓިގެންނެވެ. ފުލުހުން ވިދާޅުވެފައިވަނީ އޭނާއަށް ސީރިއަސް އަނިޔާވެފައިވާ ކަމަށެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.