ޤާޒީ ހައިލަމް 2 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައިފައިވާ ކަމަށް ތުހުމަތު ކުރައްވައިފި  

ކުރިމިނަލް ކޯޓުގެ އިސް ޤާޒީ އަހުމަދު ހައިލަމް 2 މިލިއަންޑޮލަރުގެ ރިޝްވަތު ނަންގަވައިފައިވާ ކަމަށް ފޭދޫ ދާއިރާގެ މެމްބަރ މުޙައްމަދު ނިހާދު ތުހުމަތު ކުރައްވައިފިއެވެ.

ކްރިމިނަލް ކޯރޓްގައި ނުނިމި ހުރި މަސައްކަތާ ބެހޭގޮތުން ޖުޑިޝަރީ ކޮމެޓީން ނިންމި ރިޕޯރޓް މަޖިލީހަށް ހުށަހެޅި ބަހުސް ފެށްޓެވުމުން އެމްޑީޕީގެ މަޖިލީސް މެމްބަރުން ވިދާޅުވެފައިވަނީ ކްރިމިނަލް ކޯރޓްގެ އިސްޤާޒީ ނަސްރުގެ ދުވަހުގެ ތަހްނިޔާ ގެ މެސެޖްގެ މައްސަލަ ނަންގަވައިގެން އެ ޤާޒީ، މަޤާމުން ވަކިކުރަންޖެހޭކަމަށް ގޮވާލައްވަމުންނެވެ. ހައިލަމްގެ ނަސްރުގެ ދުވަހުގެ ތަހްނިޔާ މެސެޖްގައި ފެންނަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާމަންޒަރެވެ.

މެމްބަރުން މިގޮތަށް ވާހަކަދައްކަވަން ފެށްޓެވުމުން މަޖިލީހުގެ އިދިކޮޅު މެމްބަރުން ވަނީ، މާދަމާ ރައިސް ޔާމީނަށް ޙުކުމް އިއްވުމަށް ކްރިމިނަލް ކޯޓުގައި ބާއްވާ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް މަޖިލީހުގެ ރިޔާސަތުން ފުރުޞަތު ދެއްވައިފައިވާ ކަމަށް ވިދާޅުވެ އަޑުގަދަ ކުރައްވައި ކޮޅަށް ތެދުވެވަޑައިގެން އިހުތިޖާޖު ކުރައްވައިފައެވެ. މިމައްސަލައިގައި މަޖިލީހުގެ ތަޅުން ހޫނުވެފައިވީނަމަވެސް މަޖިލީހުގެ ރައީސް ޖަލްސާ ހުއްޓާނުލައި ހުށަހެޅުނު މައްސަލައިގެ ބަހުސް ވަނީ ކުރިއަށް ގެންދަވާފައެވެ. ހުށަހެޅުނީ ކްރިމިނަލް ކޯޓުގައި ނުނިމި ދިގުލައިފައި ހުރި މައްސަލަތަކާ ބެހޭ ރިޕޯޓުގެ މައްސަލައެވެ.

1 ޚިޔާލު

  1. އެއްވެސް ޝައްކެއްނެތްގޮތުގައި މިފަދަ މީހުންވަނީ ރައްޔިތުން ތަމްސީލުކުރުމުގެ ސުލޫކީ މިންގަޑުތަކާއި ޚިލާފުވެފައި. އެމީހުންނަށް އިސްލާހީ ފިޔަވަޅު އަޅަންޖެހޭ. ރައްޔިތުން އެމީހުންގެ އަބުރުނަގާލާކަށް ހުއްދައެއްނުދޭ. ކޮންމެ ރައްޔިތަކީވެސް އިހުތިރާމް ލިބިގެންވާ މީހެއް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.