ޖޭއެސްސީ އާއި ޑީޖޭއޭގެ މަސައްކަތަށް އުއްތަމަ ފަނޑިޔާރު ހުރަސް އަޅުއްވާ މައްސަލައެއް ބެލުމަށް ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމެއް މިރޭ ބާއްވަނީ

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާރޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ (ޑީޖޭއޭ) ގެ ޤާނޫނީ ދައުރަށް އުއްތަމަ ފަނޑިޔާރ ހުރަސް އަޅުއްވާ މައްސަލައެއް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމެއް މިރޭ ބާއްވަން އެޖެންޑާ ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ގްރޫޕަށް ލާފައިވާ މިކޮމެޓީގެ އެޖެންޑާގައިވާގޮތުން މި ބައްދަލުވުން އޮންނާނީ މިރޭ 9 ޖަހާއިރުއެވެ. އެޖެންޑާކުރައްވައިފައިވާ މައްސަލައިގައި ބުނެފައިވަނީ މި ބައްދަލުވުން ބާއްވަނީ އުއްތަމަ ފަނޑިޔާރު ބައިވެރިވަޑައިގެން ޤާނޫނުތަކަށް ޢަމަލުނުކުރުމަށާއި ޖޭއެސްސީއާއި ޑީޖޭއޭގެ ޤާނޫނީ ދައުރަށް ހުރަސްތައް ކުރިމަތި ކުރެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގެ މަޢުލޫމާތު ލިބިފައި ވާތީ އެކަމާ ގުޅިގެން މަޝްވަރާ ކުރެއްވުމަށްކަމަށެވެ.

އުއްތަމަފަނޑިޔާރުވެސް ހިމެނި ވަޑައިގަންނަވާގޮތަށް ސްޕްރޯމްކޯޓްގެ ބައެއް ފަނޑިޔާރުންގެ ސްލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީ އިން ގެންދަވަނީ ބައްލަވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.