މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވާރކް އިން ނެރެފައިވާ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓު ލިޔުނު ފަރާތްތަކުގެ ހިތުގައިވާ ކަންކަން ނުވަތަ ނިޔަތް ދެނެގަނެވިފައިވޭތޯ އެޖަމްޢިއްޔާގެ އިސް ބޭފުޅެއްކަމުގައިވާ ޝަހިންދާ އިސްމާޢިލް ސުވާލު އުފައްދައިފިއެވެ.
އޭނާ މިކަމާ ސުވާލު އުފައްދައިފައިވަނީ އެ ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ މައްސަލަ ޔޫތު މިނިސްޓްރީއަށް ފޮނުވިކަމަށް ވިދާޅުވެ ފުލުހުން ނެރެފައިވާ ބާޔާނާއިއެކު ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވުމުގެގޮތުން ކޮށްފައިވާ ޓްވީޓެއްގައެވެ.
"ރިޕޯރޓް ލިޔުނު މީހުންގެ ނިޔަތް ދެނެގަތުމަށްޓަކައި މަނިކުފާނުގެ ތަޙްޤީޤް ވެރިންނާއި ޢިލްމުވެރިން ޓެލެޕަތީގެ ބޭނުން ކުރެއްވިކަމަށް ވެސް މިނިސްޓްރީއަށް އެންގެވިންތޯ؟" ޝަހިންދާގެ ޓުވީޓްގައި ވެއެވެ. އަދި އެކަމާ ހައިރާންވެފައިވާ ކަމަށްވެސް ޝަހިންދާގެ ޓުވީޓްގައި ވަނީ ބުނެފައެވެ.
ރައީސް ޔާމީންގެ އާއްމު ތަޤްރީރު ތަކުގައި ދައްކަވައިފައިވާ ވާހަކަފުޅުތައް ތަޙްޤީޤްކުރަން ވެސް "ޓެލެޕަތީގެ" ބޭނުން ކުރެއްވުމަށް އޭނާ ވަނީ އެދިފައެވެ.
ފުލުހުން ނެރުނު ބަޔާނުގައި ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓަށް ހެދި ޢިލްމީ ދިރާސާއިން އެ ރިޕޯޓުގައި އިސްލާމް ދީނަށް ތައުހީން ކުރުމުގެ ގޮތުން ފާޑު ކިޔާފައިވާ ކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އިސްލާމްދީނާއި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް ވެސް އެ ރިޕޯޓުގައި ފުރައްސާރަކޮށްފައިވާ ކަމަށެވެ.
ރިޕޯޓް އެކުލަވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެ ޖަމިއްޔާގެ އިސް ދެމެމްބަރުން ކަމުގައިވާ ޝަހިންދާ އިސްމާއީލާއި އަޒްރާ ނަސީމް ފުލުހަށް ހާޒިރު ކުރުމަށް ވަނީ ދެ ހަފްތާގެ ނޯޓިސްއެއް ދީފަ އެވެ. މިވަގުތު އެ ދެމީހުން ވެސް ތިބީ ރާއްޖެއިން ބޭރުގަ އެވެ.
Eygai evanee niyaiy faalhuvefai
Mee konkahala meeheh faalhukanbodukoh liyefaves niyaiy hodhanee ajaibeh nuvaanrtha
Meena adhi ves jadhalu kurumugai kuriah dhanee?