ކުދި ވިޔަފާރިތަކުން އެސްޓީއޯ ނިކުންނަނީ

އެސްޓީއޯއިން ކުރަމުންދާ ވިޔަފާރީގެ ތެރެއިން ރީޓޭލް ވިޔަފާރި ހުއްޓާލުމުގެ ގޮތުން އެތަނުގެ ސުޕަމާޓުގައި މީހާރު ބޭނުންކުރަމުންދާ ޑީފްރީޒަރުތައް ކުއްޔަށްދޭން އެސްޓީއޯއިން ވަނީ ނިންމައިފިއެވެ.

އެކުންފުނިން ވިދާޅުވީ އެ ފްރީޒަރުތައް ކުއްޔަށް ހިފާފަރާތްތަކަށް ގެއްލުންނުވާނެ ކަމަށާއި އޭގެ ބަދަލުގައިވާނީ ފައިދާ ކަމަށެވެ. "ފުރީޒަރުތައް ކުއްޔަށް ހިފީމައި އޮތް އެޑުވާންޓޭޖަކީ ބޮޑު ސުޕަމާޓެއް ހުޅުވައިގެން އެތަނުގެ ކުއްޔާއި އެއްޗެހިން ސަލާމަތް ނުވެގެން އުޅުމުގެ ބަދަލުގައި ސްޕަމާކެޓު ހިންގާ ބައެއްގެތެރެއަށް އެލެވެނީ. ކޮންމެ ގޮތެއްވިޔަސް ސްޕަމާޓަށް އަންނާނެ މީހުން.. ތަނުގެ ކުލި ނުދެއްކިގެން އުޅެންނުޖެހޭނެ،" އެސްޓީއޯއިން ވިދާޅުވިއެވެ.

ޑީފުރީޒަރު ކުއްޔަށްދޭނީ ވަރަށް ކުޑައަގަކަށް ކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ. އެ ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރުވަނީ ހުޅުވާލައިފައެވެ. އެމީހުން އެ ފުރީޒަރު ކުއްޔަށް ހިފުމުން ފުރީޒަރުގައި ހުންނާނީ ކުއްޔަށް ހިފި ބައެއްގެ އެއްޗެއްސެވެ. "ފުރީޒަރުތައް ކުއްޔަށް ހިފުމަށްފަހު އެއަށް މުދާ އަޅާނީ ކުއްޔަށް ހިފާ ފަރާތުން. އޭގައި ހުންނާނީ އެމީހެއްގެ އެއްޗެއް،" އެސްޓީއޯއިން ވިދާޅުވިއެވެ.

އެސްޓީއޯއިން މަސައްކަތް ކުރައްވަމުން ގެންދަވަނީ ކުކުޅުފަދަ ކުދިކުދި އެއްޗެހި ވިއްކުން ހުއްޓާލައި އެފަދަތަކެތި ވިއްކުން ޕްރައިވެޓައިޒު ކުރުމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.