ސްކޫލެއްގެ ލެބޯޓަރީން ކެމިކަލް ނަގައިގެން ގޮވާއެއްޗެއް ތައްޔާރު ކުރަން އުޅެފި

ފަނަރަ އަހަރުން ދަށުގެ ކުދިބަޔަކު މާލޭ ސްކޫލެއްގެ ލެބޯޓަރީއަކުން ކެމިކަލް ވަގަށް ނަގައިގެން ގޮވާއެއްޗެއް ހަދަން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

އެ އޮޕަރޭޝަނުގައި ފުލުހުން ގެންދަނީ މާލޭގެ އެކިތަންތަން ބަލައި ފާސްކުރަމުންނެވެ.

ފުލުހުން ވިދާޅުވީ ވަގަށްނެގި ކެމިކަލް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެހެންނަމަވެސް އެތަކެތި ހޯދީ ކޮންތާކުން ކަމެއް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ. އަދި އެ ވަގަށްނެގީ ކޮންސްކޫލަކުން ކަމެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

މިހާދިސާގައި މިހާތަނަށް އެއްވެސް މީހަކު ބަންދުކޮށްފައި ނުވާކަމަށް ވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.