އައްޑޫ ޓޫރިޒަމަށް ބިންދޫކުރުމުގެ ބިޑު ވިއްކުން ފަސްކޮށްފި

އައްޑޫ ސިޓީގައި ޓޫރިޒަމް ޒޯންގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުތަކުން ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގުމަށް ބިންތައް ކުއްޔަށް ދޫކުރުމަށް ބިޑު ވިއްކަންއޮތް ތާރީޚު ފަސްކޮށްފިއެވެ.

ބިޑު ވިއްކަން މިހާރު ހަމަޖައްސާފައިވަނީ އޮކޮޓޯބަރު 31 އިން ނޮވެމްބަރު 28 އަށެވެ. އެ މުއްދަތުގައި ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 އަށް ބިޑުވިއްކުން ކުރިއަށްދާނެއެވެ. ބިޑުވިއްކާނީ އައްޑޫ ސިޓީކައުންސިލުންނެވެ. ކުރިން އޮތީ އޮކްޓޯބަރ  20 އިން ނޮވެމްބަރު 13 ބިޑު ވިއްކާ ގޮތަށެވެ.

ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެހީންނަށް 2,000.00 (ދެހާސް ރުފިޔާ) އަދި ބޭރުގެ ފަރާތެއްނަމަ 300.00 (ތިންސަތޭކަ ޔޫއެސް ޑޮލަރު) އަށެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.