ކުރިއަށް އޮތް ދުވަސް ތަކުގައި ރާއްޖޭގެ ދީނީ ޢިލްމުވެރިން އެބޭފުޅުންގެ އަމިއްލަ ސަލާމަތީ ކަންކަމަށް ޚާއްސަ ސަމާލު ކަމެއް ދެއްވުމަށް އިލްމުވެރިންގެ ގުޅުންމުން އެދިވަޑައިގެންފިއެވެ.
ޢިލްމުވެރިންގެ ގުޅުމުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ކޮންމެހެން ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ މަގުމައްޗަށް ނުނިކުތުމަށެވެ. ޚާއްސަކޮށް ދަންވަގުތު ތަކުގައި ބޭރަށް ނުނިކުންނެވުމަށް އެދިވަޑައިގެންފައިވެއެވެ. ދަންގަނޑިތަކުގައި ބޭރަށް ވަޑައިގަންނަވާ ކަމަށްވާނަމަ ގިނިކަންޏާ ނުނިކުންނެވުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.
އޭގެ އިތުރަށް ކިތަންމެ ކުޑަނަމަވެސް ހާނިކައެއްވެއްޖެ ކަމަށްވާނަމަ އިހުމާލުވެވަޑައިނުގެން އަވަސް ފަރުވާ ހޯއްދެވުމަށާއި، އަމިއްލަ ކާރަށް ނުވަތަ ސައިކަލަށް ގެއްލުންދީފައިވާކަމަށް ފާހަގަ ކުރެއްވިއްޖެ ކަމަށްވާނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތަށް އެންގުމަށްވެސް އެދިވަޑައިގެންފައިވެއެވެ. އޭގެ އިތުރަށް އެއްވެސް ބާވަތެއްގެ ޝައްކެއް އުފެދޭ ކަމެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްކުގެ ސަމާލުކަމަށް އެކަން ގެނައުމަށް ވެސް އެދިވަޑައިގެންފައިވެއެވެ. އަދި ބޭނުންވެއްޖެ ޙާލަތެއްގައި ސަލާމަތީ ކަންކަން ބަލަހައްޓަވައިދެއްވުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންނެވުމާއި ހެނދުނާއި ހަވީރުގެ ދުޢާތައް ކިޔުމުގައި އިތުރަށް ސަމާލުވުމަށް ވެސް ޢިލްމުވެރިންގެ ގުޅުމުން އެދިވަޑައިގެންފައިވެއެވެ.
ޢިލްމުވެރިންގެ ގުޅުމުން މިގޮތަށް އެދިވަޑައިގެންނެވި ސަބަބެއް ބަޔާނަކު ވިދާޅުވެފައެއް ނުވެއެވެ.