ވާދަވެރި ބީލަމުގެ ތެރެއިން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އޭސީސީން އިލްތިމާސް ކުރައްވައިފި

ވާދަވެރި ބީލަމުގެ ތެރެއިން ދައުލަތުގެ ޕްރޮކިއުމަންޓްމ ަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އިލްތިމާސްކޮށްފިއެވެ.

ބީލަމަށް ނުލައި ދައުލަތުގެ މަޝްރޫއުތައް އެކި ފަރާތްތަކާ ހަވާލު ކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށް އެކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި އެއީ ކޮރަޕްޝަނަށް މަގުފަހިވުމުގެ އިތުރުން ދައުލަތުގެ މާލިއްޔަތަށް އިންތިހާއަށް ގެއްލުންވުމުގެ އިހުތިމާލު އޮތް ކަމެއް ކަމަށް ވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.

"މިކަމަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދުގެ ރޫޙާ ޚިލާފަށްކުރާ، ކޮރަޕްޝަންގެ ހިރާސް އޮތް ކަމަކަށްވާތީ، މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެކެވެ،" އޭސީސީގެ ޓްވީޓެއްގައި ބުނެފައިވެ އެވެ.
ދައުލަތުގެ ޕްރޮކިއުމަންޓް ކަންތައްތައް ކުރިޔަށް ގެންދިއުމުގައި ދެފުށްފެންނަ، ހާމަކަންބޮޑުކޮށް ކުރިޔަށްގެންދިއުމަށް ވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ވޭތުވެ ދިޔަ ދެދުވަސް ތެރޭގައި ބީލަމަށް ނުލައި ބޮޑު ދެމަޝްރޫޢެއް ސަރުކާރުން ވަނީ ބޭރު ދެކުންފުންޏާ ޙަވާލުކޮށްފައެވެ. އެއީ ގުޅިފަޅު ބިން ހިއްކަން 53 މިލިއަން ޑޮލަރަށް ބޮސްކާލިސްއަށް ދިނުމާއި އައްޑޫ ކަރަންޓް މަޝްރޫޢު 37.5 މިލިއަން ޑޮލަރަށް ޗައިނާގެ ޑޮންގް ފެންގް އިލެކްޓްރިކް ކުންފުންޏަށް ދިނުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.