ސީއެޗުއެސްއީގައި އަށް ބުރީގެ ޢިމަރާތެއް އެޅުމަށް ޙަވާލުކޮށްފި

ސީ.އެޗް.އެސް.ސީ ގައި އަށް ބުރީގެ ޢިމާރާތެއް ކުރުމަށް ޢިމާރާތްކުރުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ޙަވާލުކުރައްވައިފިއެވެ. އެ މަސައްކަތް ޙަވާލުކޮށްފައިވަނީ ތިރީސް ތިން މިލިއަން ހަތަރަސްތޭކަ ތިރީސް ހާސް ތިންސަތޭކަ ހަތްދިހަ އަށް ރުފިޔާ ހަތްދިހަ ހަތް ލާރި އަށެވެ. މި މަސައްކަތް ޙަވާލުކުރި އެއްބަސްވުމުގައި އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރ އަޙުމަދު ރިޔާޒެވެ. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދެވެ. މިއީ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިމަސައްކަތް ނިންމަން އެކުންފުނިން ހުށަހަޅާފައިވަނީ 420 ދުވަހެވެ. އެ ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރުމުން އެންމެ ކުޑައަގެއް ހުށަހެޅި ކުންފުންޏަކީވެސް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ.

ސީއެޗުއެސީއަށް 8 ބުރީގެ ޢިމާރާތެއް އިތުރުކުރުމަށް ނިންމައި އެމަސައްކަތް ބަޔަކާ ޙަވާލު މިކުރީ ކުރިންހުރި ދެ ބުރީގެ ޢިމާރާތް ބައުވެ ބޭނުން ނުކުރެވޭ ހިސާބަށް ދިއުމުންނެވެ. އަލަށް ހަދާ ޢިމާރާތުގައި 19 ކުލާސް ރޫމާއި 6 ލެބޯރަޓަރީއާއި 4 ސްޓާފް ރޫމާއި 4 ގުދަން ހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.