އުރީދޫ ކަލަރ ރަންއާ ގުޅުވައިގެން ޚާއްސަ ޙަރަކާތްތަކެއް ބާއްވަނީ

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ  ކަލަރ ރަންގެ ފޯރި އިތުރުކުރުމަށް ނޮވެމްބަރ 29 އަދި 30 ވާ ހަފްތާ ބަންދުގައި ވަރަށް ހާއްސަ ހަރަކާތްތަކެއް ބާއްވާނެ ކަމަށް އުރީދޫންއިން މިއަދު އިއުލާންކޮށްފިއެވެ. އެއީ އާއިލާ އާއި ރައްޓެހިންނާއި އެކު ހިތްގައިމު ވަގުތުތަކެއް ހޭދަކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އުރީދޫ  އިން ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކެކެވެ.

އޭގެތެރޭގައި ހިމެނޭ އެއްކަމަކީ ނޮވެމްބަރު 29 ވަނަ ދުވަހު ބާއްވާ މޫދު މަޖާއެވެ. އެ ޙަރަކާތް ކުރިއަށްދާނީ އެދުވަހު ހެނދުނު 8.00 - 10.30 އަށެވެ.

"އުރީދޫ ކަލަރ ރަން ވީކެންޑަށް ހާއްސަކޮށްގެން ތައާރަފްކުރެވޭ މޫދު މަޖާ އަކީ، އާއިލާ އާއި ރައްޓެހިންނާއި އެކު މޫދަށްގޮސް، ވަރަށް ތަފާތު މޫދު ކުޅިވަރުތަކާއި މުބާރާތްތައް ހިމެނޭ ހަރަކާތެކެވެ. ހަމައެހެންމެ، އުރީދޫގެ ކެފޭ ޕާޓްނަރުންގެ ސްޓޯލްތަކުގައި ތަފާތު ކާތަކެތީގެ އިތުރުން ޒަމާނުއްސުރެ ދަތުރުގޮސް ދިވެހިން ކައިއުޅޭ އަނބު މަޖާ އާއި މަސްކާށިވެސް ލިބެން ހުންނާނެއެވެ." އެދުވަހު ހަވީރު 4:00 އިން 6:00 އަށް އޮންނާނީ އުރީދޫ ކައިޓް ފެސްޓިވަލެވެ.

"އުރީދޫ ގުޑި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވަރކްޝޮޕްތައް، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް އަދި ޕާޓްނަރުންގެ ޚާއްސަ ސްޓޯލެއް ހިމެނޭނެއެވެ. މި މުބާރާތްތަކުގައި އަދި ވަރކްޝޮޕްތަކުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓަރ ކުރާކަށް ނުޖެހޭނެއެވެ."

އުރީދޫ ކަލަރ ރަން، 30 ނޮވެމްބަރ ވާ ހޮނިހިރު ދުވަހުގެ ހަވީރު 3.30 - 6.00 އަށް ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ދުވުމެކެވެ. އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

އުރީދޫ ކަލަރ ރަންގައި ބައިވެރިވެ، މެޑަލް ލިބިގެންދާނީ ރަޖިސްޓަރ ކުރައްވާފައިވާ ދުވުންތެރިންނަށެވެ. އެހެންނަމަވެސް، މި ދުވުމުގެ ފޯރީގައި ބައިވެރިވުމަށް ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށްވެސް، ހުދު ޓީޝާޓެއް ތުރުކުރައްވައިގެން، އުރީދޫ ކަލަރ ރަން ތަޖުރިބާކޮށްލެވޭނެ ކަމަށް އުރީދޫން ވިދާޅުވިއެވެ.

ކަލަރ ރަން މިއުޒިކް ފެސްޓިވަލް، 30 ނޮވެމްބަރ ވާ ހޮނިހިރު ދުވަހުގެ ރޭ 8.30 - 11.30 އަށް އޮންނާނެއެވެ. މިއީ ކަލަރ ރަން ނިމުމަށްފަހު، ބާއްވާ ހަރަކާތެކެވެ. މިހަރަކާތުގައި ރާއްޖޭގެ ކުޅަދާނަ މިއުޒިކީ ތަރިން ބައިވެރިވާނެއެވެ.  މިފަހަރުގެ މިއުޒިކް ޝޯގައި ހަބޭސް ބޮޑުބެރު، މޫޝާން، އަދި ޒަކިއްޓެ ފަދަ މަގްބޫލު އާޓިސްޓުން ފެންނާނެއެވެ.

އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ މޫދު މަޖާ، ގުޑި މަހާސަމާ، ކަލަރ ރަން އަދި މިއުޒިކް ފެސްޓިވަލް އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތައް ނުވަތަ ވެބްސައިޓަށް ޒިޔާރަތް ކުރުމަށް އުރީދޫން ވަނީ އެދިފައެވެ.

މިފަހަރުގެ ރަން އޮންނާނީ ހުޅުމާލޭގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.