ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށްދާ މައިމަގުގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާނުވެ ސަލާމަތްވެއްޖެއެވެ.
އެކްސިޑެންޓުވީ އެއާޕޯޓު މައިމަގުގެ އުތުރުން ދެކުނަށް ބާރުސްޕީޑުގައި ދުއްވާފައިދިޔަ ޕްރައިވެޓު ކާރެއް ގޮސް ނުބައި ފަޅިން ޓެކްސީއެއް އޯވަޓޭކު ކުރަން އުޅުމުގެ ތެރޭގައި އޭގައި ޖެހިންގެނެވެ. ޓެކްސީގައި ޖެހި ކޮންޓްރޯލް ނުވެގޮސް ކާރުވަނީ މަގުން ކައްސާލައިގެން ގޮސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ. މި އެކްސިޑެންޓުގައި މީހަކަށް އަނިޔާއެއް ނުވިޔަސް ދެ އުޅަނދަށް ވެސް އެކިވަރިގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިފަދަ އެކްސިޑެންޓުތައް ހިނގުން މަދުކުރުމަށް ފުލުހުން ގެންދަނީ އަބަދުވެސް މަސައްކަތް ކުރަމުންނެވެ.