ދައުރު ފުރިހަމަކުރުމަށްފަހު އިތުރު ހަދުވަހު ކުރީގެ ރައީސް ޑރ މުޙައްމަދު ވަހީދުގެ ޙަސަންމަނިކު ވެރިކަމުގެ ހުންނެވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ނިންމައިފިއެވެ.
ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މިއަދު 11 ޖަހާއިރު ބޭއްވުމަށް ތާވަލްކޮށްފައިވާ ބައްދަލު ވުމަށް ރައީސް ވަހީދުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ.
މިމައްސަލަ ބެއްލެވުމަށް ނިންމައިފައިވަނީ އަމިއްލަ ފަރާތަކުން ފޮނުއްވި ސިޓީއަކާ ގުޅިގެންކަމަށް މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސިޓީ ފޮނުއްވައިފައިވާ ފަރާތެއް ހާމައެއް ނުކުރައްވައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިސްތިއުފާ ދެއްވުމުން އޭރުގެ ނައިބު ރައީސްކަމުގައި ހުންނެވި ޑރ ވަހީދު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައެވެ. 2013 ގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަކަށް ދާން ޖެހުމުން އެ އިމްތިޚާބު، ރިޔާސީ ދައުރުފެށޭ ގޮތަށް އޮތް، އެއަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހުގެ ކުރިން ބޭއްވޭ ގޮތް ނުވުމުން، ސުޕްރީމް ކޯޓުގެ ނިންމުމަކާ އެއްގޮތަށް، ވަހީދު ވަނީ، ނޮވެމްބަރު 17 ގައި، ރައީސްޔާމީން ވެރިކަމާ ހަވާލުވެވަޑައިގަންނަވަންދެން ރައީސްކަމުގައި ހުންނަވައިފަ އެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އިސްކޮށް ތިއްބެވި މީހުންގެ މައްސަލަ އެއްވެސް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މިއަދު 11 ޖަހާއިރު ގެ ބައްދަލުވުމަށް ވަނީ ތާވަލް ކޮށްފައެވެ. މިމައްސަލަވެސް ބައްލަވަމުން ގެންދަވަނީ އެކޮމިޓީއަށް ލިބުނު ސިޓީއަކަށް ބިނާކޮށެވެ. ނަމަވެސް ސިޓީ ފޮނުއްވި ފަރާތެއް މަޖިލީހުން ހާމައެއް ނުކުރައްވައެވެ. ފެބްރުއަރީ 7 ގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސްކަމުން އިސްތިއުފާ ދެއްވައިފައެވެ.
ސިޓީ ފޮނުއްވީ ގ. ކެނެރީގޭ މުޙައްމަދު ނަޝީދު