"ދަ ވޮއިސް" ގެ ކޯޗަކަށް ނިކް ޖޮނަސް

ފޮޓޯ:: ގެޓީ އިމޭޖެސް/ރޯއި ރޮޗްލިން

އެން.ބީ.ސީ އިން ދައްކާ "ދަ ވޮއިސް" ލަވަ މުބާރާތުގެ ކޯޗަކަށް ނިކް ޖޮނަސް ހަމަޖައްސައިފިއެވެ.

'ދަ ވޮއިސް'ގެ 17ވަނަ ސީޒަން އާ ނިކް ގުޅުނީ އެ ސިލްސިލާގެ 16 ސީޒަންގައި ކޯޗުކޮށްދިން އެޑަމް ލީވައިން އެ ސިލްސިލާއިން ވަކިވުމާ ގުޅިގެންނެވެ.

ނިކްގެ އިތުރުން މި ސީޒަންގެ ކޯޗުންގެ ތެރޭގައި ކެލީ ކްލާކްސަން ޖޯން ލެޖެންޑް އަދި ބްލޭކް ޝެލްޑަން ހިމެނެއެވެ. ނިކް ވޮއިސްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނެކަން އިއުލާންކުރީ ހޯމަ ދުވަހު އެލެން ޑިޖެނެރެސް ޝޯގައެވެ. އެލެން ޝޯގައި އޭނާ ބައިވެރިވީ ޖޮނަސް ބްރަދަރސްގެ އާ އަލްބަމް 'އޮންލީ ހިއުމަން' ޕްރޮމޯޓްކުރާށެވެ. މޮ ޝޯގައި އޭނާއާއެކު އޭނާގެ ބޭބެމެން ބައިވެރިވިއެވެ. ބޭންޑެއްގެ ގޮތުގައި މަޝްހޜު ވުމުގެ އިތުރުން އޭނާއަކީ ސޯލޯ އާޓިސްޓެއްވެސްމެއެވެ.

'ދަ ވޮއިސް' އިން ވަކިވުމާ ބެހޭ ގޮތުން އެޑަމް ލީވައިން އެލެން ޝޯގައި ބުނީ ޝޯ ގެ މަތިން ހަނދާންވީ ކަމުގައިވިޔަސް ޝޯގައި މަސައްކަތް ކުރަން ޖެހުނުވަރު މިސް ނުވާކަމަށެވެ. އަދި މިހާރު އޭނާއަކީ ގޭގައި ހުންނަ ބައްޕައެއް ކަމަށާއި މަސައްކަތްކުރަނީ ވަރަށް މަދުން ކަމަށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.