ދީނާ ދެކޮޅަށް ފިކުރީ ހަނގުރާމަ ކުރާމީހުން ޖަލަށް ނުލެވޭނަމަ އިންސާފުނެތިގެންދާނެ: ޢުމަރު

ޢުމަރު ނަސީރު (މ) ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލާއި ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމްއާއެކު

އެހެން ފަސްގަނޑެއްގައިހުރެ ދީނުގެ ނަމުގައި ހަނގުރާމަކުރާ މީހާ ޖަލަށް ލައިފައި މި ފަސްގަނޑުގައި (ރާއްޖޭގައި) ތިބެގެން އިސްލާމްދީނާ ދެކޮޅަށް ފިކުރީ ހަނގުރާމަކުރާ މީހުން ޖަލަށް ނުލެވޭނަމަ އިންސާފު ނެތިގެންދާނެ ކަމަށް ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އޭނާގެ ފޭސްބުކުގައި ޢުމަރު ވިދާޅުވީ ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ޓެރަރިޒަމް ޤާނޫނަށް ބަދަލު ގެނެސް ބޮޑެތި އަދަބު  ސަރުކާރުން މިހާރުވަނީ ކަނޑައަޅައިފައި ކަމަށެވެ. ހަމަ އެ މިންގަޑުން "ލާދީނީ ފިކުރާ" ދެކޮޅަށް ވެސް ޤާނޫނު ހަދައި ބޮޑެތި އަދަބު ކަނޑައަޅަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢުމަރު އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދަވަނީ އޭނާގެ ވެރިކަމެއްގައި މިފަދަކަންކަން ރާއްޖެއިން ކޮންޓްރޯލްކޮށް އެކަމަށް ކަނޑައެޅިފައިވާ އަދަބު ދެއްވާނެ ކަމަށެވެ. ވައްކަންކޮށްފި މީހާގެ އަތްވެސް ދީނުގައި ކަނޑައެޅިފައިވާ އުސޫލުން ކަނޑާނެ ކަމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ވެސް ދީނީ އަދި ޤާނޫނީ ހަމައިގެ ތެރެއިން މަސައްކަތްކޮށް ޙައްލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.