އެމްޑީއެންގެ މައްސަލަ ބަލައި ފިޔަވަޅުއަޅައިދިނުމަށް އިސްލާމިކް މިނިސްޓްރީން އެދިވަޑައިގެންފި

"މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ދީނީ ހަމަތަކާ ޚިލާފު ވާހަކަ ދައްކައިފައިވާތީ އެމައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި ފުލުސް އޮފީހަށް މިއަދު ހުށަހަޅުއްވައިފި ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި "މާތްވެގެންވާ އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް އިސްމްދީނުގެ އަސްލުތަކާ ޚީލާފު އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭ  ގޮތަށް ވާހަކަ ދައްކާފައިވާތީ އެކަން ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް މިއަދު 13:46 ގައި ފުލުހަށް ވާނީ މައްސަލަ ހުށަހަޅާފައި" ކަމަށެވެ.

މި ރިޕޯޓާ ގުޅިގެން ދީނީ ޢިލްމުވެރިންނާއި ބައެއް ޢާއްމުން ވަނީ އެމްޑީއެން އުވާލުމަށް ގޮވާލައި ވަރަށްބޮޑަށް ފާޑުކިޔައިފައެވެ. އަދި އެ މައްސަލަ ވަރަށް ރަނގަޅަށް ތަޙުޤީޤު ކުރުމަށްފަހު ފިޔަވަޅު އެޅުމަށް ވެސް ގޮވާލައިފައިވެއެވެ.

އެމްޑީއެންއަކީ ރާއްޖޭގައި އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ޙިމާޔަތުގައި މަސައްކަތްކުރާ ޖަމާޢަތެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.