ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ބްރާސްފަތި ދުވަހު ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ބުރާސްފަތި ދުވަހު ފަށަން ހަމަޖައްސަވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ހިންގާ ޤަވާއިދުގެ ބުނާގޮތުން އާދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނީ ދައުރުގައި އަންނަ ފުރަތަމަ ހޯމަ ނުވަތަ ބްރާސްފަތިދުވަހުއެވެ.

ދައުރު ފެށުމަށް ބާއްވާ ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައެވެ. މަޖިލީހުގެ މެންބަރުންނަށް ވެސް އެދުވަހުގެ ޖަލްސާ ބާއްވަން ހަމަޖައްސައިފައިވާކަން ވަނީ އަންގާފައެވެ. ނަމަވެސް އެ ޖަލްސާގެ އެޖެންޑާ އަދި ފައިނަލް ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ.

ބްރާސްފަތި ދުވަހު ފަށާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަކީ ނަވަރާވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރެވެ. ނަވާރަވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލައި ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ ފަސްވަނަ ދުވަހުގަ އެވެ. ނަމަވެސް ޓެރަރިޒަމް މަނާކުރުމުގެ ޤާނުނަށް އިޞްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ އެކޮމެޓީގެ މެމްބަރުން މަސައްކަތް ކުރެއްވީ ޗުއްޓީއަށް ނުގޮހެވެ. އެބިލްގެ މަސައްކަތް ކުރުމަށް މަޖިލީސް ޗުއްޓީގައި އޮވެ، ދައުރުން ބޭރު ތިން ޖަލްސާ ބާއްވައި ބިލްގެ މަސައްކަތް ނިންމައި ބިލް ވަނީ ފާސްކޮށްފައެވެ.

ނިމި ދިޔަދައުރުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ 47 ޖަލްސާ ބާއްވައި ގިނަ ބިލުތަކާއި ޤަރާރުތަކާއި މައްސަލަތަކުގެ މަސައްކަތް ކޮށްފައެވެ. މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނިމިދިޔަ ދައުރުގެ މަސައްކަތަށް ދެއްވީ "ބީ ޕްލަސް" އެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.