ބިދޭސީއަކާ މެދު ރަޙުމްކުޑަ ޢަމަލެއް ހިންގާ ވީޑިއޯއެއް އާއްމުވެއްޖެ

ބިދޭސީ އަކާމެދު ދިވެއްސަކު ހިންގި ނޭދެވޭ ރަޙްމްކުޑަ ޢަމަލެއްގެ ވީޑީއޯ މީސްމީޑިއާގައި އާއްމުވެއްޖެއެވެ. މިވީޑިއޯގައި ފެންނަނީ ބިދެސީއަކު ސައިކަލެއްގެ މަތީ އިށީދެލައިގެން އިންދާ މީހަކު އައިސް އޭނާގެ ގަޔަށް ފެންބާލިދީއެއް ޖެހިތަނެވެ. ބެލެވޭ ގޮތުގައި އެއީ ބަގުލަދޭޝް ރައްޔިތެކެވެ.

ފެންބާލިދީ ޖެހުމަށްފަހު އެއްވެސް އެއްޗެއް ނުކިޔާ އެފިރިހެންމީހާއަތުގައި އޮތް ފޮތިގަނޑުން ސައިކަލު ފޮހެއެވެ. ރައްދުގައި ބިދޭސީ މީހާވެސް އަދި އެތަނުގަ ހުރި އެހެން މީހާކުވެސް ކަމެއް ކުރި ތަނެއް ވީޑިއޯއަކުން ނުފެނެއެވެ.

ދިވެއްސެއްގެ ރަޙްމުކުޑަ މިޢަމަލާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އެޢަމަލު ހިންގިމީހާއާމެދު ހިތްހަމް ނުޖެހުން ފާޅުކުރަމުންނެވެ. އަދި ބަގްލަދޭޝް މީހާ އާ މެދު ގިނަ ބަޔަކު ދަނީ ހަމްދަރުދީ ފާޅުކުރަމުންނެވެ. މިޢަމަލު ހިންގި މީހަކީ ސައްތާރުއޭ ކިޔާ ދިވެއްސެކަމަށް ބުނެ އޭނާގެ ފޮޓޯވެސް މިހާރުދަނީ މީސްމިޑިއާގައި އާއްމުވެފައެވެ.

ބިދޭސީ މީހާއާމެދު ހިންގި ރަޙްމްކުޑަ ޢަމަލު ބަލާ ފިޔަވަޅު އެޅުމަށް ފުލުހުންނާއި ހިޔުމަންރައިޓްސް ކޮމިޝަނަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ބިދޭސީއަކާ މެދު ދިވެއްސެއް ހިންގި ނޭދެވޭ ޢަމަލެއްގެ ވީޑިއޯ އާއްމުވެފައި މިވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އެޅުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.