ފުލުހުން އެމަނިކުފާނަށް ފާރަލާކަމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފުލުހުން އެމަނިކުފާނަށް ފާރަލަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ފުލުހުން އެމަނިކުފާނަށް ފާރަލާކަމުގެ މަޢުލޫމާތު އެމަނިކުފާނަށް ދެއްވައިފައި ވަނީ ދެތިން ދުވަހެއް ކުރިން، ދިވެހިރާއްޖޭގެ ދިފާޢީ ބާރުން ކަމުގައެވެ.
އެމްޑިޕީ ޤައުމީ މަޖިލީހުގައި ރައީސް ނަޝިދު ދެއްކެވި ވާހަކަފުޅުގައި ރިލްވާން މަރާގުޅިގެން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯރޓްގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ރިޕޯރޓްގައި ފާހަގަ ކޮށްފައިވާ ކަންކަމުގައި ފުލުހުންނާއި ސިފައިންގެ ބައިވެރިވުން އޮތްކަން ފާހަގަ ކުރައްވާ އެކަންކަމަށް ޙައްލު ނުހޯދާ ޖިނާޢީ ޢަދުލުގެ ނިޒާމް އިޞްލާޙު ކުރެވޭނެ ގޮތެއް ނޯންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނުކިޔަމަންތެރިކަން ދެއްކުމުގައި ފުލުހުންނާއި ސިފައިން ހައްދު ފަހަނަޅައި ސަރުކާރަށް ގެއްލުން ދިނުމަށް ތައްޔާރުވުމަށް އެމްޑިޕީން ފުރުޞަތު ދީގެން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޝަރުޢީ ދާއިރާގެ އިތުރުން ފުލުހުންގެ އިދާރާވެސް އިޞްލާހުވާން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.