ރައީސް މައުމޫން ޤާސިމާ ބައްދަލުކުރައްވައިފި

ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ކައުންސިލް މެންބަރު އަބްދުﷲ ކަމާލުއްދީނާއި، ނައިބު ލީޑަރު ޑރ. ހުސެން ރަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސް މައޫމޫނާ އެކު މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫނާއި ޕީޕީއެމްގެ ނައިބު ލީޑަރަކަށް ރައީސް މައުމޫން އައްޔަން ކުރެއްވި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާދި އައިމިނަތު ނާދިރާއާއި ޢުމަރުނަސީރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.