ވޮމްމުލި ރިސޯޓުން ފަތުރުވެރިއަކު މަރުވެއްޖެ

ދ. އަތޮޅު ވެމްމުލި ރިސޯޓުން ފަތުރުވެރިއަކު މަރުވެފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އެމީހާ މަރުވެފައިވަނީ ސްނޯކްލިންއަށް ގޮސްގެން އުޅުމުގެ ތެރޭގައި ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ރިސޯޓުން މަރުވެފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެމެރިކާގެ ފަތުރުވެރިއެކެވެ. އޭނާގެ ޢުމުރަކީ 43 އަހަރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދު 11:50 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން  ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ރިސޯޓުތަކުގައި މިފަދަ ޙާދިސާތައް ހިނގުން މިހާރުވަނީ އިތުރުވެފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.