ހދ. ކުރިނބީ ބަނދަރު އިފްތިތާޙުކޮށްދެއްވައިފި

ހދ. ކުރިނބީގައި ސަރުކާރުން ތަރައްޤީކޮށްދެއްވާފައިވާ ބަނދަރު ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.

ކުރިނބީ ބަނދަރު އިފްތިތާޙުކޮށްދެއްވާފައިވަނީ ހދ އަތޮޅަށާއި ށ އަތޮޅުގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ކުރިނބީއަށް ވަޑައިގެންނެވެ.

ކުރިނބީގައި ސަރުކާރުން ހައްދަވާދެއްވާފައިވަނީ 300 ފޫޓް ދިގު އަދި 200 ފޫޓް ފުޅާ ބަނދަރެކެވެ. މިއީ 18.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.