އެސްއޯއެފްގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކުރުމުގެ ޒިންމާ ނަންގަވާ ކަމަށް ޒިޔަތު ވިދާޅުވެއްޖެ

ގއ. ވޮޑަމުލާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު އެއްމިލިއަން ޑޮލަރު، އެސްއޯއެފްގެ އެކައުންޓަށް ޤާނޫނާ ޚިލާފަށް ޖަމާކުރުމުގެ ޒިންމާ އަމިއްލަފުޅަށް ނަންގަވާކަމަށް އެމްއެމްޕީއާރުސީގެ ކުރީގޭ މެނޭޖިންގ ޑިއިރެކްޓަރ ޢަބްﷲ ޒިޔަތު ވިދާޅުވެއްޖެ އެވެ. ރައީސް ޔާމީނާ ދެކޮޅަށް ހިންގޭ މަނީ ލޯންޑްރިންގެ ތުޙުމަތުގެ ދަޢުވާގައި، ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވަމުން ޒިޢަތު ވިދާޅުވީ އެމްއެމްޕީއާރުސީން ރަށްތަކާ ފަޅުތައް ދޫކޮށްގެން، އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާއިން ޞަހަ ނޫން މުޢާމަލާތްތައް ހިންގެވީ ރައީސް ޔާމީނާއި ކުރީގެ ބަންޑާރަ ނާއިބްގެ ވެސް ލަފަޔާއެކުގައި ކަމަށެވެ. ނަމަވެސް އެލަފާ ދެއްވައިފައިވަނީ އަނގަބަހުންކަން ޒިޔަތު ފާހަގަ ކުރެއްވިއެވެ.

އިކުއިޒަޝަން ކޮސްޓްގެ ގޮތުގައި ލިބޭ ފައިސާ އަޙްމަދު އަދީބާ ޙަވާލުކުރުމަށް ލަފާދެއްވީ ވެސް ރައީސް ޔާމިންކަމަށް ޒިޢަތު ވިދާޅުވިއެވެ. ރައީސް ޔާމީން ޒިޢަތާ ތަކުރާރުކޮށް ސުވާލުކުރެއްވުމުން ޒިޔަތު ވިދާޅުވީ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބޭ ފައިސާއާމެދު އަމަލުކުރީ ރައީސް ޔާމީންއަންގަވާ ގޮތުގެ މަތިންކަމަށެވެ. ރައީސް ޔާމީން ވިދާޅުވެގެން ޤާނޫނާ ޚިލާފު ކަންތައް ތަކެއް ކުރެއްވިއިރު ބަންޑާރަނާއިބްގެ ލަފާ ހޯއްދެވިންތޯ ރައީސް ޔާމީން އެއްސެވުމުން ޒިޢަތު ވިދާޅުވީ ރައީސް ޔާމީން ވިދާޅުވެގެން ކުރިއަށް ގެންދަވާކަމެއް ކަމުގައި ވާނަމަ ކުރިއަށް ގެންދެވުމަށް ބަންޑާރަ ނާއިބް ލަފާ ދެއްވައިފައިވާކަމުގައެވެ. ޞައްޙަ ނޫން މުޢާމަލާތްތަކުގެ މަޢުލޫމާތު ކުންފުނީގެ ބޯޑާ ވެސް ހިއްސާ ނުކުރައްވާ ކަމަށް ޒިއަތު ވިދާޅުވިއެވެ. ރައީސް ޔާމީން ތަކުރާރުކޮށް ޒިޢަތާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ޒިއަތު ވިދާޅުވީ އެކަން އޮޑިޓަރ ޖެނެރަލާއި ޕީޖީ އަދި އޭސީސީގެ ސަމާލުކަމަށް ވެސް ނުގެންނަވާކަމަށެވެ. ޤާނޫނާ ޤަވާއިދާ ޚިލާފު ކަންތައްތަކެއް ކުރެއްވޭ ކަމަށް ޤަބޫލުފުޅުކުރައްވައި އިސްތިއުފާ ދެއްވުމުގެ ޚިޔާލެއްވެސް ނުގެންގުޅުއްވާ ކަމަށް ރައީސް ޔާމީންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒިޢަތު ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ ވަރަށް ގިނަ ސުވާލުތައް އެމައްސަލައި ޒިއަތާ ކުރިމަތި ކުރައްވައިފައެވެ.

ރައީސް ވިދާޅުވެގެން ކުރިއަށް ގެންދަވާ ކަމެއްނަމަ، އެކަން ކުރިއަށް ގެންދެވުމަށް ބަންޑާރަ ނާއިބް އަނގަބަހުން ވިދާޅުވެފައިވާކަމަށް، ރައިސްޔާމިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒިއަތު ވިދާޅުވިއެވެ. ބަންޑާރަ ނާއިބަކީވެސް ފިންގަރ ޕްރިންޓް ޖައްސަވައިގެން އެމްއެމްޕީއާރުސީއަށް ވެދެވަޑައިގެނެވޭ ބޭފުޅެއްކަމަށް ޒިއަތު ވިދާޅުވިއެވެ. ބަންޑާރަ ނާއިބް އެމްއެމްޕީއާރުސީއަށް ވަޑައިގަންނަވަނީ ޒިޢަތާއި ނާއިބް ރައީސް އަދީބާ ބައްދަލުކުރައްވަން ކަމަށް ޒިޢަތު ވިދާޅުވިއެވެ.

ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބޭ އިކުއިޒިޝަން ކޮސްޓްގެ ފައިސާ އަދީބާ ޙަވާލު ކުރައްވަމުން ގެންދެވީ ރައީސް ޔާމީން ޒިޔަތަށް ގުޅުއްވައި އިރުޝާދު ދެއްވައިފައިވާތީ ކަމަށް ވިދާޅުވުމުން، ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު ދުވަހަކު ވެސް ޒިޔަތާ ފޯނުން މުއާމަލާތު ނުކުރައްވާ ކަމަށެވެ. ޒިއަތާ ބައްދަލުވީ ވެސް އެންމެ ފަހަރަކު ކަމަށް ރައީސް ޔާމީން ވިދާޅިވިއެވެ. އެއީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ފުލުހުންނަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެން، ބައްދަލު ކުރެއްވުމުގައި ކަމަށް ވިދާޅުވިއެވެ.

ޤާނޫނާ ޚިލާފަށް ޓޫރިޒަމް މިނިސްޓަރާއި ރައީސް ޔާމީން އަންގަވާ އެންގެވުމުގެ ސަބަބުންތޯ، ކުންފުނީގެ ބޯޑްގެ ވެސް ލަފަޔަކާ ނުލާ ޤާނޫނާ ޚިލާފަށް ޢަމަލު ކުރެއްވީ، ރައީސް ޔާމީން ޒިޔަތާ ސުވާލުކުރެއްވިއެވެ.

"އެހެންވީމާ ނޫންތޯ މިއަދުވެސް އަޅުގަނޑު މިހިރީ ޙުކްމްގައި " ޔާމީން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވިއެވެ.

ރަށްތަކާއި ފަޅުތައް ވިއްކައިގެން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބޭ އެއްވެސް އެއްޗެއް މީރާއަށް ނުވަދެގެން ރައީސް ޔާމީން ޒިޢަތަށް ގުޅުއްވައިފައިވޭތޯ ދައުލަތުން ސުވާލު ކުރެއްވުމުން، ޒިޢަތު ވިދާޅުވީ ގުޅުއްވައިފައި ނުވާކަމަށެވެ.

އެސްއޯ އެފް އާއެކު އެއްބަސްވުން ތަކެއްގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރގެ ލަފާގެ މަތިން ކަމަށާއި މިނިސްޓަރަށް އެލަފާ ދެއްވީ ރައީސް ޔާމީންކަމަށް ވެސް ހެކި ބަސް ދެއްވަމުން ޒިޢަތު ވިދާޅުވިއެވެ. އެސްއޯއެފާ އެކު ޞައްޙަ މުޢާމަލާތު ތަކެއްވެސް ހިންގިފައި ވާނެކަށް ޒިއަތު ވިދާޅުވިއެވެ. ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބިފައިވާ ފައިސާ ސިދާ އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައި ނުހުންނާނެކަމަށާއި، އެސްއޯ އެފަށް ފައިސާ ވަދެފައި ހުންނާނީ އެމްއެމްޕީއާރުސީގެ އެކައުންޓުން ކަމަށް ޒިޢަތު ވިދާޅުވިއެވެ.

ރާއީސް ޔާމީނާ ދެކޮޅަށް ކުރެވޭ ދަޢުވާގައި ޒިޢަތުގެ ހެކިބަސް ނަންގަވައި އިއްޔެ ވަނީ ނިންމަވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.